English Edition
Dhivehi Edition

“ރޯދައިގެބަދިގެ” މިސެގްމެންޓްގައި ކޮންމެދުވަހަކު ގެނެސްދޭ ރެސިޕީ އަށް މިއަދު ޚާއްސަކޮށްލަނީ ޕެޕްރިކާ ޗިކެން ރައިސް ތައްޔާރުކުރާނެގޮތް

ބޭނުންވާތަކެތި:

4 ކުކުޅު ގަނޑު ކޮށާފައި 2 އިނޗި ދެއިންޗި ވަރަށް

ރަހަލާވަރަށް ލޮނު

އަސޭމިރުސް

ޕެޕްރިކާ ޕައުޑަރ

2 ސަމްސާ އޮލިިވްއޮއިލް

ދެ ލޮނުމެދު ޗޮޕްކޮށްފައި

1 ރަތް ބެލްޕެޕާ ހަނިދިގަށް ކޮށާފައި

1 ޖޯޑު ހަނޑޫ (ފެނަށްއަޅާފައި ކުޑައިރުކޮޅަކު ބެހެއްޓުމަށްފަހު)

1 ޗިކެން ކިއުބް ފެނަށް ގިރާފައި

1/2 ޖޯޑް ހެވީކްރީމް

2 ޖޯޑް ބޭބީ ސްޕިނެޗް

ތައްޔާރުކުރާނެގޮތް:

އެންމެ ފުރަތަމަ ކުކުޅު ކޮޅަށް ޕެޕްރިކާ ޕައުޑަރ، އަސޭމިރުސް އަދި ލޮނު އަޅާފައި ރަނގަޅަށް އޭގެބޭރުގައި ހާކާލާށެވެ. ދެން ތަވަޔަށް ޔެތޮފޮދެއްއަޅާފައި ކުކުޅު ކޮޅު ރޯފިލަންދެން ދެފުށަށް ޖަހަމުން ތެލުލާފައި ތައްޓަކަށް ނަގާފައި ބަހައްޓާށެވެ. ދެން ހަމަ އެތަވަޔަށް ލޮނުމެދު، ބެލްޕެޕާ،ލޮނު އަދި ޕެޕްރިކާ ޕައުޑަރ އެޅުމަށްފަހު ކޮށާފައިހުރި ބެލްޕެޕާވެސް އަޅާލާށެވެ. ކުޑައިރުކޮޅަކަށް މަޑުގިނީގައި ކައްކަމުން ހަނޑޫވެސް އަޅާފައި ގިރާފައިހުރި ކުކުޅު ކިއުބް ކޮޅު އެޅުމަށްފަހު ހެވީކްރީމް އަދި ތެލުލާފައު ހުރި ކުކުޅުކޮޅު އަޅައި މަތިޖެހުމަށްފަހު 20 މިނެޓްވަންދެން ކައްކާލާށެވެ. ރަނގަޅަށް ކެއްކުނީމަ މައްޗަށް ބޭބީ ސްޕިނެޗް އެޅުމަށްފަހު 30 ސިކުންތު ވަންދެން ކެއްކުމަށްފަހު ސާވް ކުރާށެވެ.