English Edition
Dhivehi Edition

އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅުންހުރި ފޮތެއް ފެނުމުން ސްރީލަންކާއިން ހައްޔަރު ކުރި ދެ ދިވެހިން ދޫކޮށްލައިފިއެވެ.

މިދިޔަ މަހުގެ 21 ގައި ސްރީލަންކާގައި ދިން ބޮން ގޮއްވި ހާދިސާއާއި ގުޅިގެން އެގައުމުގެ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނުގައި ހައްޔަރުކުރި ފުނަމާ އާދަމްއާއި ބައިކަނޑި ހަސަން އެވެ.

ފޮރިން މިނިސްޓްރީގެ ޑިރެކްޓަ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު ވިދާޅުވީ، ދެ ދިވެހިން ދޫކޮށްލީ ލަންކާގެ ކޯޓުން ކަމަށެވެ. އެ މީހުންގެ މައްޗަށް އެއްވެސް ދައުވާއެއް އުފުލާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭޕްރިލް މަހުގެ 21 ވަނަ ދުވަހު ލަންކާގައި ދިން ބޮމުގެ ހަމަލާތަކުގައި 250 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް ސަތޭކަ ބަޔަކަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ. މިހަމަލާތަކުގެ ޒިންމާ ނަގާފައިވަނީ ހައްދުފަހަނަ އަޅާފައިވާ ޖަމާއަތެއްކަމަށްވާ އައިއެސް އިންނެވެ.