English Edition
Dhivehi Edition

ނިޔަފަތި ކެއުމަކީ  އާންމު ގޮތެއްގައި ކުޑަކުދިންކުރާ ކަމެއް ކަމުގައިވިޔަސް މިކަން ކުރާ ބޮޑެތިމީހުންވެސް މަދެއް ނޫނެވެ. މިއީ ކުޑައިރުން ފެށިގެން އާދަވެފައިވާކަމަކަށްވާނަމަ އުމުރުން ކިތައްމެ ދުވަހެއްވިޔަސް މިކަމަކީ ހުއްޓާލަންވެސް އެހާ އުދަގޫކަމެކެވެ. ނިޔަފަތި ކެއުމަކީ ވާރުތަ ކުރާކަމެއްތޯ ނުވަތަ ނޫންތޯ އަދި މިހާތަނަށް ހޯދިފައިނުވާއިރު ގިނަ މީހުން ބުރަވާ ގޮތުގައި މައިންބަފައިންެގެ މިއާދަ ދަރިންނަށްވެސް ވާރުތަކުރެއެވެ.

އާންމުގޮތެއްގައި ބޮޑެތި މީހުން ނިޔަފަތީގައި ދަތް އަޅާ، ނިޔަފަތިކަނީ މާ ބޮޑަށް ކަމަކާއި ހާސްވެ ފިކުރު ބޮޑުވުމުންނެވެ. ނުވަތަ ފޫހިވެ ބަނޑުހައިވުމުންވެސް ބައެއް މީހުންނަށް ގަސްތަކާނުލާ ނިޔަފަތި ކެވޭތަން އާދައެވެ. މިއީ މާ ބޮޑު ވިސްނުމެއް ނެތި ގަސްތަކާނުލާކުރެވޭ ކަމަކެވެ. އެހެންނަމަވެސް މި ނުބައި އާދައިގެ ސަބަބުން ނިޔަފަތި ހަލާކުވެ ހަޑިވުން ފިޔަވައި އެތައް ގިނަ ގެއްލުމެއް ލިބެއެވެ.

  • ނިޔަފަތީގައި ހުންނަ ބެކްޓީރިއާ އާއި ޖަރާސީމް އަގައިގެ އެތެރެއަށްގޮސް އޭގެ ސަބަބުން ނުރައްކާތެރި ބަލިޖެހުމަށް މަގުފަހިވެގެން ދެއެވެ.
  • ނިޔަފަތި ކެއުމުގެ ސަބަބުން ޓިޝޫތައް މަރުވެ ނިޔަފަތި ދިގުވުން ހުއްޓިގެން ދެއެވެ. އަދި ބައެއްފަހަރު ނިޔަފަތި ހަލާކުވެ އިގިއްޔަށްވެސް އޭގެ އަސަރުކުރެއެވެ.
  • ބައެއް ފަހަރު ނިޔަފަތި ތަކުގައި ދަތްއެޅޭ ގޮތުން ދަތްތައް ބިންދައިގެން ގޮސް މީހާގެ ދަތުގެ ބައްޓަމަށް ބަދަލު އާދެއެވެ.

މިކަން ހުއްޓާލާނީ ކިހިނެތް؟

  • ނިޔަފަތި ކުރުކޮށް ބެހެއްޓުން: ނަޔަފަތި ކެއުމަށް އޮތް އެންމެ ރަގަޅު ހައްލަކީ އަބަދުވެސް ކުރުކޮށް ޝޭޕަށް ނިޔަފަތި ކަޑާފައި ބެހެއްޓުމެވެ. އަބަދުވެސް ކުރުކޮށް ނިޔަފަތި ކަނޑާފައި ބަހައްޓާނަމަ އަނގައިން ކަނޑާނެ އެއްޗެއް ނޯންނާނެ އެވެ. މި ގޮތަށް ކަންތައް ކުރަން ފެށުމުން  ނިޔަފަތި ދޭތެރޭގައި ބެކްޓީރިއާ ޖަމާވުމުގެ ފުރުސަތުވެސް ކުޑަވެގެންދާނެއެވެ.
  • މި ނުބައި އާދަ ހުއްޓާލެވެންދެން އަބަދުވެސް އަތުގައި ސްޓްރެސް ބޯލް، ގަލަން ފަދަ ތަކެތި ގުންގުޅޭށެވެ. އޭރުން އަތުން އަބަދުވެސް ކޮންމެވެސް މަސައްކަތެއް ކުރަން ޖެހުމުގެ ސަބަބުން ނިޔަފަތި ކެއުމަށް ލިބޭ ފުރުސަތު ކުޑަވެގެންދާނެއެވެ.
  • ޗުވިންގަމް ކެއުން:މިހާ ހާސްވެ ކަންކަމާއި ކަންބޮޑުވާ ވަގުތު އަމިއްލައަށް އެކަން ދަނެގަނެ އަބަދުވެސް އަގައިގެ ތެރެއަށް ޗުވިންގަމްފަދަ އެއްޗެއް ލައިގެން އުޅޭށެވެ.
  • މި ހުރިހާކަންތައް ކުރުމުންވެސް ނިޔަފަތި ކެއުން ނުހުއްޓިއްޖެނަމަ އަތަށް އަންގި ލައްވައިގެން އުޅޭށެވެ. މިއީ ކުރަން އުދަގޫ ކަމެއް ކަމުގައިވިޔަސް މި ނުރައްކާތެރި ނުބައި އާދައިން ދުރުވުމަށް މިއީ ވަރަށް ބޮޑު އެހީއަކަށް ވެގެންދާނެއެވެ.