English Edition
Dhivehi Edition

“ރޯދައިގެބަދިގެ” މިސެގްމެންޓްގައި ކޮންމެދުވަހަކު ގެނެސްދޭ ރެސިޕީއަށް މިއަދު ޚާއްސަކޮށްލަނީ އިންޑިއަން ޑިޝްއެއްކަމަށްވާ ޖީރާ އަލޫ ތައްޔާރުކުރާނެގޮތުގެ ރެސިޕީ

ބޭނުންވާތަކެތި:

3 އަލުވި ފެނުކައްކާފައި ކިއުބްގޮތަށް ކޮށާފައި

2 ސައިސަމްސާ ތެޔޮ

2 ސަމްސާ ދިރި

1.5 ސަމްސާ ކޮރިއަންޑާ އޮށް

2 މިރުސް (ފެހި) ހިމުންކޮށް ކޮށާފައި

1 އިންޗި އިނގުރު (ގާނާފައި)

1/2 ސަމްސާ ރީނދޫ

1/4 ސަމްސާ މިރުސް ޕައުޑަރ

1/2 ސަމްސާ ލޮނު

ކޮރިއަންޑާފަތް

ލުނބޯފަޅިއެއްގެ ހުތް

ތައްޔާރުކުރާނެގޮތް:

އެންމެފުރަތަމަ ތަވައެއް އުނދުންމައްޗަށް އުދާފައި ތެޔޮއަޅާށެވެ. ތެޔޮ ހޫނުވާންފެށީމަ ދިރި އަޅާފައި ތަންކޮޅެއް ގިނި މަޑުކޮށްލާށެވެ. ދެން ކޮރިއަންޑާ އޮށްތައް ކުޑަކޮށްރާޅުކޮށް ތަޅާލުމަށްފަހު އަޅާލާށެވެ. ދެން މިރުސް،އިނގުރު، އެޅުމަށްފަހު އަލުވިއަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ. ދެން ރީނދޫ، މިރުސް ޕައުޑަރ އަދި ލޮނު އެޅުމަށްފަހު 2 ނޫނީ 3 މިނެޓްވަންދެން ދޭފަތުން ސްޕައިސަސް ތައް އަލުވިޔާ އެއްކުރަމުން ކައްކާލާށެވެ. ކޮރިއަންޑާފަތް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާފައި އުނދުންމަތިން ބާލާށެވެ.

މި ޑިޝް މީރުވާނީ ބަތް ނުވަތަ ރޮށްޓާއެކު އެވެ.