English Edition
Dhivehi Edition

“ރޯދައިގެބަދިގެ” މިސެގްމެންޓްގައި ކޮންމެދުވަހަކު ގެނެސްދޭ ރެސިޕީއަށް މިއަދު ޚާއްސަކޮށްލަނީ ސްޕައިސީ ކެރެޓް ސެލެޑް ތައްޔާރު ކުރާނެގޮތް

ބޭނުންވާތަކެތި:

1 ކެރެޓް

1 ސައިސަމްސާ އިނގުރު ޗަސްކޮށްފައި

¼ ޖޯޑް ފެން

1 ސަމްސާ ލުނބޯޖޫސް

2 ސަމްސާ އޮލިވް އޮއިލް

ރަހަލާވަރު ލޮނުކޮޅެއް

1 ސައިސަމްސާ ހިކިމިރުސް ރާޅުކޮށް މުގުރާފައި

ޕާސްލީ

ތައްޔާރުކުރާނެގޮތް:

އެންމެފުރަތަމަ ޓްރޭއަކަށް ގާނާފައި ހުރި ކެރެޓް އަދި ލޮނުމެދު އަޅާފައި މައިކްރޯވޭވް އަވަނަކަށްލައި ކެރެޓް މަޑުވަންދެން ހޫނުކޮށްލާށެވެ. ކެރެޓް މަޑުވީމަ ނަގާފައި ރަނގަޅަށް ފެން ހިއްކާލާށެވެ. އެއަށްފަހު ބޯތައްޓަކަށް އަޅާފައި ބާކީހުރި ތަކެތިއެއްކޮށްފައި ރަނގަޅަށް މޮޑެލާށެވެ.