English Edition
Dhivehi Edition

ހެޕީމާކެޓު ގޯދިއްޔާ ފުޓުސަލް ކަޕުގައި ވެންބޮޅޮ ޔުނައިޓެޑް މިރޭ ހޯދި މޮޅާއެކު އެ ޓީމަށް މުބާރާތް ނިމިއްޖެއެވެ.

ވެންބޮޅު ޔުނައިޓެޑް މި މޮޅު ހޯދީ ޔުނައިޓެޑް ފްރެންޑްސްއާ ބައްދަލުކޮށް 5-2 ލަނޑުންނެވެ.

މި މުބާރާތުގައި ވެންބޮޅު ޔުނައިޓެޑް ފުރަތަމަ ކުޅުނު ދެ މެޗުން ވަނީ ބަލިވެފައެވެ. އެހެން ކަމުން މިރޭ މޮޅުވިޔަސް އެޓީމަށް އިތުރަށް ކުރިއަށް ދެވުމުގެ މަގުވަނީ ބަންދުވެފައެވެ. އެޓީމާ މިރޭ ބައްދަލުކުރި ޔުނައިޓެޑް ފުރެންޑްސް ވެސް ވަނީ ކުޅުނު ހުރިހާ މެޗަކުން ބަލިވެ މުބާރާތާ އަލްވަދާޢު ކިޔައިފައެވެ.

މިމެޗުގައި ވެންބޮޅު ޔުނައިޓެޑުގެ ފަސް ލަނޑުގެ ތެރެއިން 4 ލަނޑު ޖަހައިދީފައިވަނީ މިމެޗުގެ މޮޅުކުޅުންތެރިއާގެ މަޤާމު ހޯދި ޙަސަން މުފީދެވެ. ޔުނައިޓެޑް ފްރެންޑްސްގެ ދެ ލަނޑު ޖަހައިދީފައިވަނީ ޢަލީ ލުތުފީއާއި، ޙުސައިން ޝާމިން އެވެ.

މާދަމާރޭ ވެސް މި މުބާރާތުގެ ކުޅުން އޮންނާނެއެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޒިލޯންއާއި އެފްސީ ޒިޔާރަފަންނަ އެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ފްރެންޑްސް ކުލަބާއި ކުލަބު ސްކަވެންޖާސް އެވެ.