English Edition
Dhivehi Edition

“ހެޕީމާކެޓު ގޯދިއްޔާ ފުޓުސަލް ކަޕް” ގައި މިރޭގެ ދެވަނަ މެޗުގައި މަލްޓިޖީނިއަސް ސިޓީ އާއި ކުލަބު ސްކަވެންޖާސް ބައްދަލުކުރި މެޗު 3-0 އިން މޮޅުވެ ސްކަވެންޖާސް ދެވަނަބުރުން ޖާގަ ހޯދައިފިއެވެ.

މި މޮޅާއެކު ސްކަވެންޖާސް ކުޅުނު ދެމެޗުން ވެސް މޮޅުވެ ޖުމްލަ 6 ޕޮއިންޓް ވަނީ ހޯދައިފައެވެ. މި މެޗުން މަލްޓިޖީނިއަސް ބަލިވުމުން އެޓީމަށްވަނީ މުބާރާތުގެ ދެވަނަބުރުގެ ޖާގަ ގާތްގަނޑަކަށް ގެއްލިފައެވެ.

ސްކަވެންޖާސްގެ ލަނޑުތައް ޖަހައިދީފައިވަނީ އެޓީމުގެ އަޙުމަދު މުޢާޒާއި، ޢަލީ ނާފިޢުއާއި، މުޙައްމަދު އަޔާޒެވެ.

މިމުބާރާތުގައި މާދަމާރޭ ކުޅޭ ފުރަތަމަ މެޗުގައި ބައްދަކުރާނީ އެފްސީ ބޭރުމަތި އަދި އެފްސީ ސްޕްރިންޓެވެ. ދެވަނަ މެޗުގައި ކުޅޭނީ ޔުނައިޓެޑް ފްރެންޑްސްއާއި ވެންބޮޅޮ ޔުނައިޓެވެ.