English Edition
Dhivehi Edition
ބެޑްމިންޓަން ކުޅުންތެރިޔާ ޒަޔާން ޒަކީ. ފޮޓޯ: މިހާރު

ބެޑްމިންޓަން ކުޅުންތެރިންނަށް ވަރަށް އުފާވެރި ޚަބަރެއް ކުޅިވަރާއި ބެހޭ ވަޒީރު އަޙްމަދު މަހުލޫފު ދެއްވައިފިއެވެ.

އެ ޚަބަރަކީ ޔޫތް މިނިސްޓްރީ އާއި ބެޑްމިންޓަން އެސޯސިއޭޝަނާއި ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރަނގަޅު ބެޑްމިންޓަން ކޯޓުތައް ތަރައްޤީ ކުރައްވާނެ ކަމަށް ކުޅިވަރުގެ ވަޒީރު ވިދާޅުވި ޚަބަރެވެ.

މި އުފާވެރި ޚަބަރު މަހުލޫފް ދެއްވީ ރޭގެ ވަގުތެއްގައި އެމަނިކުފާނު ހިއްސާ ކުރެއްވި ފޭސްބޫކް ސްޓޭޓަސް އެއްގައެވެ. އެ ސްޓޭޓާސްގައި މަހުލޫފް ވިދާޅުވެފައިވަނީ

މާލޭ ކުޅިވަރު އެކުވެނީގެ އިންޑޯ ބެޑްމިންޓަން ހޯލު އިތުރަށް ތަރައްޤީ ކުރެއްވުމަށް އެސްޓިމޭޓް ހުށަހެޅުމުގެ ފުރުޞަތު ހުޅުއްވާ ލައްވާފައިވާ ކަމަށެވެ.

އަދި އެ އިންޑޯ ބެޑްމިންޓަން ހޯލު ތަރައްޤީކޮށް ނިމޭ އިރު ބެޑްމިންޓަން ކުޅޭނެ 2 ކޯޓު އިތުރު ވާނެ ކަމަށާއި ބެޑްމިންޓަން އެސޯސިއޭޝަނާއި ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރަނގަޅު ބެޑްމިންޓަން ކޯޓުތައް ތަރައްޤީ ކުރައްވާނެ ކަމަށެވެ.

ރާއްޖޭގޭ އެކި ހިސާބު ތަކުގައި ބެޑްމިންޓަން ކޯޓުތައް ތަރައްޤީ ވުމަކީ ރާއްޖޭގައި ބެޑްމިންޓަން ކުރިއެރުމަށް އެޅޭނެ ބޮޑު ފިޔަވަޅެކެވެ.

އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި ކުޅެން ކޯޓުން ޖާގަ ނުލިބި ކިޔޫގައި ތިބި ކުޅުންތެރިންނަށް ކުޅިވަރާއިގެން ކުރިއަށް ދިއުމަށް ލިބޭނެ ފުރުޞަތަކަށްވާނެއެވެ.