English Edition
Dhivehi Edition

ދިވެހިރާއްޖޭގެ ކްރިކެޓްގެ ހާލަތު ބަލައި ދިރާސާ ކުރުމަށް އިންޑިއާގެ ކްރިކެޓް ބޯޑްގެ ވަފުދެއް މި ހަފްތާގެ ފަހުކޮޅު ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެއެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުން ރާއްޖެ އައުމަށް ހަމަޖެހިފައިވާ ވަފުދުގައި ހިމެނެނީ ބޯޑް އޮފް ކްރިކެޓް ފޯ ކްރިކެޓް އިން އިންޑިއާ (ބީސީސީއައި)ގެ ޖެނެރަލް މެނޭޖަރ (ކްރިކެޓް އޮޕަރޭޝަންސް) ސަބާ ކަރީމްގެ އިތުރުން އިންޑިއާގެ ގައުމީ ޓީމްގެ ފީލްޑިން ކޯޗް އަބޭ ޝަރްމާއެވެ.ބީސީސީއައި އިން ބުނީ މި ދަތުރަކީ އިންޑިއާގެ ސަރުކާރުން ރާއްޖޭގައި ކްރިކެޓް ކުރިއެރުވުމަށް އެހީތެރިވެ ދިނުމަށް އެދުމުން އެކަމާއި ބެހޭގޮތުން މަޝްވަރާކޮށް ރާއްޖޭގައި ކްރިކެޓް އިތުރަށް ކުރިއަރުވައި ތަރައްގީ ކުރުމާއި ބެހޭ ގޮތުން މަޝަވްރާކޮށް، މަސައްކަތް ކުރުމަށްޓަކައި ކުރުމަށް ހަމަޖެހިފައިވާ ދަތުރެއްކަމަށެވެ.

ވަރަށް ފަހުން އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ގައި ވިރާޓް ކޯލީ ކެޕްޓަންކަން ކުރާ ރޯޔަލް ޗެލެންޖާސް ބެންގަލޫރާއި އެމްއެސް ދޯނީ ކެޕްޓަންކަން ކުރާ ޗެންނާއީ ސުޕަ ކިންގްސް ބައްދަލުކުރާ މެޗް ބައްލަވާލެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ އިންޑިއާއަށް ވަޑައިގެންފައެވެ.

ބީސީސީއައި އިން ވަނީ ސާކުގެ ގައުމުތައް ކަމަށްވާ ޢަފްއާނިސްތާނުގެ އިތުރުން ނޭޕަލަށްވެސް ކްރިކެޓްގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދީފައެވެ.