English Edition
Dhivehi Edition

ފުރަމޭ ނުވަތަ އިނގިރޭސ ބަހުން ނަމަ ލިވާ އަކީ އިންސާނާގެ ހަށިގަނޑުގައިވާ އެންމެ ބޮޑު ގުނަވަނެވެ.މިއީ ހަށިގަނޑުގައި ހިންގާ މެޓަބޮލިޒަމް ގެ މަސައްކަތުގައި މުހިއްމު ދައުރެއް އަދާކުރާ ގުނަވަނެއްގެ އިތުރުން ހަށިގަނޑުގައި ތަފާތު އެތައް ވަޒީފާއެއް އަދާކުރާ ގުނަވަނެކެވެ.އޭގެ ތެރޭގައި ގްލައިކަޖަން ރައްކާކުރުން، ޕްލާޒްމާ ޕްރޮޓީން އުފެއްދުން، އަދި ލޭގެ ތެރޭގައި ހުންނަ ވިހަސާފުކުރުން ހިމެނެއެވެ.

ފުރަމޭގެ ބޮޑުބައި އޮންނަނީ ކަނާތް ފަރާތުގައެވެ. އެތެރެހަށިން ހަށިގަނޑުގެ މެދާއި، އަދި ވާތް ފަރާތުގައި ވެސް ފުރަމޭގެ ބައެއް އޮވެއެވެ.މިގުނަވަން އޮންނަނީފުއްޕާމެއާއި ޑައަފްރަމްގެ ތިރިން ބަނޑާއި މޭ ގުޅޭ ހިސާބުގައެވެ. ފުރަމޭ އިން ބައިލް ކިޔާ ދިޔައެއް އުފައްދައެވެ. މިއީ ހަޖަމުކުރުމުގައި އެހީތެރިވެދޭ ދިޔައެވެ. މީގެ އިތުރުން ލޭ ރައްކާކުރުން، ލޭ ސާފުކުރުމަކީވެސް ފުރަމޭގެ ލޭދައުރުވާ ނިޒާމުން ކުރާ މަސައްކަތްތަކެވެ. އެހެންކަމުން ހަށިގަނޑުގެ މުހިއްމު ގުނަވަނަކަށް ފުރަމޭ ވީ ހިދު ފުރަމޭގެ ކެންސަރު، ފުރަމޭ ބޮޑުވުން، ފުރަމޭ އިންފެކްޝަންތަކުން ސަލާމަތްވުމަށް ހާއްސަ ސަމާލުކަމެއްދޭނެޖެހެއެވެ.  ފުރަމޭ ރަގަޅު ސިއްހަތެއްގައި ބެހެއްޓުމަށްޓަކައި އަހަރެމެން އާންމުކޮށް ކާން ބޭނުންކުރާ ތަކެތިންވެސް ފަރުވާ ހޯދިދާނެއެވެ. 

  • ބީޓް ރޫޓް: ބީޓް ރޫޓްއަކީ  އޮކްސިޖަން ލެވެލް އިތުރުކޮށް ލޭ ދައުރުވާ ހޮޅިތައް ސާފުކުރުމަށް އެހީއަކަށް ވެގެންދެއެވެ. އަދި ހަށިގަނޑުގައި އުފެދޭ ބޭކާރު ސަރުބީތައް ނައްތާލާ ހަށިގަނޑަށް ލުއިވެ،ގައިގެ ވަރުޖެހި، ފަސޭހަކަމާއެކު ހެލިފެލިވެ އުޅުމަށް އެހީވެދެދޭ ތަރުކާރީއެކެވެ.
  • ލޮނުމަދު: ލޮނުމަދަކީ އޭގައި  39 ވައްތަރެއްގެ އެންޓިބެކްޓިރިއަލް ހިމެނޭ އެއްޗެކެވެ. އެހެންކަމުން ލޮނުމަދަކީ ގިނަ ބަލިތަކުން ސަލާމަތްވުމަށް ވަރަށް ބޮޑު ފަރުވާއެެކެވެ. މީގެ އިތުރުން ފުރަމޭ ސާފުކޮށް އޭގެ އަސްލު ބައްޓަމުގައި ބެހެއްޓުމަށްޓަކައި ލޮނުމަދަކީ މުހިއްމު ދައިރެއް އަދާކުރާ ކާނާއެވެ. 
  • ވޯލް ނަޓް: ވޯލް ނަޓް އަކީ ހަށިގަނޑުގެ އެކި އެކި ގުނަވަންތަކުން ފުރަމޭއަށް ފަސޭހަކަމާއެކު ލޭ ދައުރުކޮށްދިނުމަށް އެހީވެދޭ ކާނާއެކެވެ.. މީގެ އިތުރުން ފުރަމޭ ބޮޑުވުން ފަދަ މައްސަލަތަކައް އޮތް އެންމެ ރަގަޅު ފަރުވާއަކީ އަބަދުވެސް ކެއުމުގައި ވޯލް ނަޓް ހިމެނުމެވެ. 
  • އާފަލު: އާފަލުގައި ހިމެނޭ މައްދާތަކުގެ ސަބަބުން ހަށިގަނޑުގައި އުފެދޭ ލޭ ސާފުކޮށް ހަޖަމުކުރުމުގައި ވަރަށް ބޮޑު އެހީއަކަށް ވެގެންދެއެވެ. މީގެ އިތުރުން ފުރަމޭގެ ކެންސަރުން ރައްކާތެރިވުމަށްވެސް އާފަލަކީ މުހިއްމު މޭވާއެކެވެ. އަދި ހަށިގަނޑުގައި އުފެދޭ ވިހަ މާއްދާތައް ނައްތާލުމަށްވެސް އާފަލަކީ ރަގަޅު މޭވާއެކެވެ. 
  • އޮލިވް އޮއިލް: އޮލިވް އޮއިލް އަކީ ފުރަމޭ ސާފުކޮށް ބެހެއްޓުމަށްޓަކައި ވަރަށް މުހިއްމު އެއްޗެކެވެ. މި ގޮތޮން ކޮންމެ ދުވަހަކު ދެ މޭޒުމަތީ ސަމްސާގެ އޮލިވް އޮއިލްއާ ތިންބައި ކުޅަ އެއްބައި ލުނބޯ ޖޫހާއި އެއްކޮށްލުމަށްފަހު ބޯލުމުން ފުރަމޭ ސާފުވެގެންދެއެވެ.މީގެ އިތުރުން ފުރަމޭގައި ހުންނަ ސަރުބީގެ ބައިތައް ނައްތާލުމަށްވެސް އޮލިވް އޮއިލްއަކީ ވަރަށް މުހިއްމު އެއްޗެކެވެ .މީގެ އިތުރުން ގްރީން ޓީ އާއި ރީދޫ ކޯލިފްލާ އަދި ބްރޮކޮލީ ފަދަ ތަރުކާރީއަކީ ފުރަމޭގެ ބަލިތަކުން ސަލާމަތްވުމަށް ކޮންމެދުވަހެއްގެ ކެއުމުގައިވެސް ހިމަނަންޖެހޭ ކާ އެއްޗެއްސެވެ.

ޓެގު