English Edition
Dhivehi Edition

ދުނިޔޭގެ އެންމެ ވަރުގަދަ 50 ޓެލެކޮމް ކުންފުނީގެ ލިސްޓަށް މިފަހަރުވެސް އުރީދޫ ހިމެނިއްޖެއެވެ. އެގޮތުން ބްރޭންޑް ފައިނޭންސްގެ ޓެލެކޮމް 300ގައި މި އަހަރު އުރީދޫ ގްރޫޕަށް ލިބިފައި ވަނީ 41 ވަނަ އެވެ. މިދިޔަ އަހަރު އެ ގްރޫޕަށް ލިބިފައި ވަނީ ލިސްޓުގެ 43 ވަނަ އެވެ.

އުރީދޫ ގްރޫޕަށް ލިބުނު ކާމިޔާބީއާ ބެހޭ ގޮތުން އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޝެއިހް ސައުދު ބިން ނާސިރު އަލް ތާނީ ވިދާޅުވީ އުރީދޫ ގުރޫޕު އަނެއްކާވެސް ދުނިޔޭގެ އެންމެ ވަރުގަދަ 50 ޓެލެކޮމް ކުންފުނީގެ ލިސްޓުގައި ހިމެނުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށާއި، މި ކާމިޔާބީ ލިބިފައިވަނީ އެ ކުންފުނީގައި އޮތް ވަރުގަދަ ޓީމުގެ މަސައްކަތުން ކަމަށެވެ.

ގަތަރަށް ނިސްބަތްވާ އުރީދޫ ގްރޫޕުގެ ކުންފުނިތައް މިހާރު މެދު އިރުމަތީގައި އާއި އުތުރު އެފްރިކާ އަދި އިރު ދެކުނު އޭޝިއާގެ ގައުމުތަކުގައި ހުރެއެވެ. އުރީދޫގެ 68% އިންސައްތަ ހިއްސާ އޮތީ ގަތަރަށެވެ.