English Edition
Dhivehi Edition

އައްޑޫ ސިޓީ ހިތަދޫ ބޮޑުމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.

ރޭ ދަންވަރު 2:00 ހާއިރު ހިތަދޫ ބޮޑުމަގުގައި ހިނިގި މި ހާދިސާ ގައި  އަނިޔާވެގެން ފަރުވާދެމުން ދަނީ ހިތަދޫއަށް ނިސްބަތްވާ ފިރިހެނަކަށް ކަމަށް މައުލޫމާތު ލިބެއެވެ.

ކާރަކާއި ސައިކަލެއް ޖެހިގެން ހިނގި މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން ޒުވާނާއަށެވެ.  އޭނާގެ ބޮލާއި މޫނުގެ އިތުރުން ހަށިގަނޑަށް އެކި ވަރުގެ އަނިޔާ ލިބިފައި ވާއިރު، ކާރު ދުއްވަން އިން މީހާއަށް އަނިޔާއެއް ނުލިބެއެވެ.

މި ހާދިސާ ހިނގާފައިވަނީ ބޮޑުމަގުން ދުއްވާފައި ދިޔަ ކާރެއް ގޯޅިޔަކަށް އަޅާލި ވަގުތު، ފަހަތުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލް ކާރުގައި ޖެހިގެން ކަމަށް މައުލޫމާތު ލިބެއެވެ.

އެކްސިޑެންޓުގައި އަނިޔާވި ޒުވާނާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދާއިރު އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނޭނގެއެވެ.