މިދިޔަ މަހު އެކަނިވެސް ރާއްޖެއަށް 4.1 ބިލިއަން ރުފިޔާގެ މުދާ އެތެރެ ކުރި
4 މަސް ކުރިން
ޝާން މުޙައްމަދު

މިދިޔަ މަހު އެކަނިވެސް ރާއްޖެއަށް 4.1 ބިލިއަން ރުފިޔާގެ މުދާ  އެތެރެ ކުރިކަމަށް ކަސްޓަމް އިން ބުނެފި އެވެ.

އެޕްރީލް މަހު 4.1 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކޮށްފައިވާއިރު މިއީ މިދިޔަ އަހަރުގެ އެޕްރީލް މަހާއި އަޅާ ބަލާއިރު ނުވަ ޕަސަންޓުގެ އިތުރުވުމެކެވެ.

Advt

Advertisement

ދެހާސަ އަށާރަ ވަނަ އަހަރު އެޕްރީލް މަހު ރާއްޖެއަށް އިމްޕޯޓް ކޮށްފައިވަނީ 3.8 ބިލިއަން ރުފިޔާގެ މުދަލެވެ. 2018 ވަނަ އަހަރު އެޕްރީލް މަހާ އަޅާ ބަލާއިރު މިއަހަރު އެކްސްޕޯޓް ކުރުން ވަނީ ދަށްވެފަ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެއިން ބޭރަށް އެކްސްޕޯޓު ކޮށްފައިވަނީ 377 މިލިއަން ރުފިޔާގެ މުދަލެވެ. މިއަހަރު އެކްސްޕޯޓު ކޮށްފައިވަނީ 324 މިލިއަން ރުފިޔާގެ މުދަލެވެ.

އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާއްމުދަނީ އަށް ބަލާއިރު މި އަހަރުގެ އެޕްރީލް މަހު ދައުލަތަށް ވަނީ 300 މިލިއަން ރުފިޔާ ،ލިބިފަ އެވެ. މިއީ 14 ޕަސަންޓުގެ އިތުރުވުމެކެވެ. މިދިޔަ އަހަރު އެޕްރީލް މަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނީ 262 މިލިއަން ރުފިޔާ އެވެ.

ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ ޔޫއޭއީ އިންނެވެ. ދެވަނަ އަށް އެންމެ ގިނަ މުދާ އެތެރެކުރީ ޗައިނާ އިންނެވެ. ތިންވަނައަށް ސިންގަޕޫރުންނެވެ. ރާއްޖެއިން އެންމެ ގިނަ އަދަދަކަށް މުދާ އެކްސްޕޯޓުކުރީ ތައިލެންޑުންނެވެ. ދެވަނަ އަށް އެމެރިކާ އިންނެވެ. ތިންވަނަ އަށް އެންމެ ގިނައިން ރާއްޖެއިން މުދާ އެކްސްޕޯޓުކުރީ ޖަރުމަނަށެވެ.