English Edition
Dhivehi Edition

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިންތިހާބުވެގެން މި ވީ ހަ މަސްތެރޭ އާދަޔާ ހިލާފަށް، ގިނަ ފައިސާތަކެއް އަމިއްލަ ފަރާތްތަކަށް ދިނުމަށް ކޯޓުތަކުން ހުކުންކޮށްފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ އަމިއްލަ ފަރާތްތަކަށް ގިނަ އަދަދެއްގެ ފައިސާތައް ދޫކޮށްފައިވާއިރު މިއީ ދޭން ޖެހޭ ފައިސާތައް ތޯ ކަށަވަރުކުރަން ޖެހޭ ކަމަށެވެ. އަދި ދައުލަތަށް އެންމެ ރަނގަޅުގޮތް ހޯދައި ދިނުމަކީ، ދައުލަތުގެ ބަނޑާރަނާއިބުގެ ވާޖިބެއް ކަމަށް ނަޝީދުވަނީ ވިދާޅުވެފައެވެ.

އަމިއްލަ ފަރާތްތަކަށް ގިނަ އަދަދަކަށް ފައިސާ ދޫކުރުމަށް ކުރަމުންދާ ހުކުންތަކާއި ގުޅިގެން ނަޝީދު ކަންބޮޑުވުންފާޅުކުރައްވާފައިވާއިރު އެމަނިކުފާނުގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގެ ފެރީ ހިދުމަތް ދިނުމަށް ހަވާލުކުރި ދީބާޖާ ކުންފުންޏަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 348.10 މިލިއަން ރުފިޔާ ދިނުމަށް ސިވިލް ކޯޓުން ވަނީ ދާދި ފަހުން ހުކުންކޮށްފައެވެ. މި ފައިސާ ހަ މަހަށް ބަހާލައިގެން ކޮންމެ މަހަކަށް ޖެހޭ މިންވަރު ސިވިލް ކޯޓު މެދުވެރިކޮށް ދީބާޖާ އަށް ދެއްކުމަށް ދައުލަތުގެ މައްޗަށް ވަނީ ހުކުމްކޮށްފަ އެވެ