English Edition
Dhivehi Edition

ރާއްޖޭގެ ބަންޑާރަ ނައިބު(އެޓަރނީ ޖެނެރަލް) ކަން މިހާރު ކުރައްވަމުންގެންދަވާ އިބްރާހީމް ރިއްފަތަކީ ވަރަށް ނަޒާހާތްތެރި ބޭފުޅެއް ކަމަށް ސަރުކާރު ކޯލިޝަނުގެ މައި ޕާޓީ، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައި އެވެ.

ކޮރަޕްޝަނުގެ ބޮޑު ތުހުމަތެއް ކުރެވެމުންދާ ދިވެހި ދައުލަތުގެ ބަންޑާރަނައިބު (އެޓަރނީ ޖެނެރަލް) އިބްރާހީމް ރިއްފަތުގެ ދިފާއުގައި ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ ނަޒަރުގައި ބަންޑާރަނައިބު ރިފްޢަތަކީ ވަރަށްވެސް “ނަޒާހާތްތެރި” ބޭފުޅެއް ކަމަށެވެ.
“އަޅުގަނޑުގެ ނަޒަރުގައި އަދި އަޅުގަނޑަށް ތަޖުރިބާ ކުރެވިފައި ހުރިތަނުގައި ބަންޑާރަނައިބު އިބްރާހީމް ރަފްޢަތަކީ ވަރަށްވެސް ނަޒާހާތްތެރި ބޭފުޅެއް.” ރައީސް ނަޝީދު ވިދާޅުވިއެވެ.

ބަންޑާރަނައިބުގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ އަމިއްލަ ކުންފުނިތަކަކަށް ދައުލަތުން ގިނަ އަދަދެއްގެ ފައިސާ ދޭން ކޯޓުން މިފަހުން ކުރި ހުކުމްތަކުގައި އޭނާގެ އިހުމާލްވުންތަކާއި ނުފޫޒުތަކެއްވާ ކަމަށެވެ. މިމައްސަލާގައި ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން ސަރުކާރުގެ އިތުރުން ސްޕްރީމް ކޯޓަށްވެސް ވަނީ ވަރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައެވެ.

މީގެ އިތުރުން ދައުލަތުން ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް 348 މިލިއަން ރުފިޔާ ދިނުމަށް ސުޕްރީމް ކޯޓުން ހުކުމު ކުރި އިރު އެ މައްސަލަ ކޯޓުން ބޭރުން ހައްލުކުރަން ރިއްފަތު އުޅުއްވި ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ އެ މައްސަލައިގައި އޭނާގެ އަތެއް ވާކަމަށް ބުނެ ތުހުމަތު ކުރަމުންނެވެ. ނަމަވެސް އެކަން ރިއްފަތު ދޮގު ކުރައްވައެވެ.