English Edition
Dhivehi Edition

އިނގިރޭސިވިލާތުގެ ވޭލްސްގައި ކޮންމެ އަހަރަކު ބާއްވާ އަދަބީ އަދި ޘަޤާފީ ހަރަކާތުގެ ފެސްޓިވަލް އަންނަ އަހަރު އައްޑޫ ސިޓީގައި ބާއްވަން ނިންމައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ކުރި ޓިވިޓެއްގައި ބުނީ ‘ހޭ ފެސްޓިވަލް’ގެ ނަމުގައި ބާއްވާ މި ފެސްޓިވަލް އަންނަ އަހަރު އައްޑޫގައި ބާއްވަން ނިންމާފައިވާ ކަމަށެވެ. އަދި މި ފެސްޓިވަލްއަކީ އައްޑޫގެ ތާރީހާއި، ތަޤާފަތާއި އަދި ތަރިކަ ޕްރޮމޯޓްކުރުމަށް ލިބޭ ރަގަޅު ފުރުސަތެއްކަމުގައި ކައުންސިލްއިންވަނީ ބުނެފައެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ހޭ ފެސްޓިވަލް ބާއްވާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. އޯކްޓޮބަރު 15 އިން 17 އަށް އާރަށުގައި ބޭއްވި މި ފެސްޓިވަލްގައި ރާއްޖޭގެ މުހިންމު ލިއުންތެރިންނާއި، އަދީބުންނާއި، މިއުޒިކް ފަންނާނުންގެ އިތުރުން، ރާއްޖެއިން ބޭރުގެ ވަރަށް މަޝްހޫރު ލިއުންތެރިންނާއި، ނޫސްވެރިންނާއި އެކިއެކި ފަންނާނުން ވަނީ ބައިވެރިވެފައެވެ.

އޭރު މި ފެސްޓިވަލް އާއި ބެހޭ ގޮތުން ނަޝީދު ވިދާޅުވީ ހޭ ފެސްޓިވަލަކީ ޘަޤާފީ، ސިޔާސީ އަދި އިޖްތިމާޢީ ކަންކަމާ ބެހޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާއާއި ޚިޔާލު ބަދަލުކުރެވޭ ތަނެއްކަމަށެވެ.އަދި ރާއްޖެއަކީ އަލަށް ޑިމޮކްރަސީއެއްގެ ގޮތުގައި ދުނިޔެއަށް ތަޢާރަފް ވަމުން އަންނަ ޤައުމަކަށްވާތީ، ރާއްޖެއަށް ލިބިފައިވާ ދުނިޔޭގެ އެންމެ ރީތި ގޮނޑުދޮށް ތަކަކީ ހޭ ފެސްޓިވަލް ބޭއްވުމަށް އެންމެ އެކަށީގެންވާ ތަންތަން ކަމުގައި ނަޝީދުވަނީ ވިދާޅުވެފައެވެ،