English Edition
Dhivehi Edition

ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އިން ރާއްޖެއަށް 600 ކޭސް ކަދުރު ހަދިޔާކޮށްފިކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. މި ރަމަޟާން މަހަށް ސައުދި އަރަބިއްޔާއިންވެސް ވަނީ ރާއްޖެއަށް ކަދުރު ހަދިޔާ ކޮށްފައެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ޔޫއޭއީ ހަދިޔާކުރި ކަދުރުތައްވެސް ބެހުމަށް ހަމަޖެހިފައިވަނީ، ސަޢުދީން ދިން ކަދުރު ބަހާ އުސޫލުންކަމަށް ކަމަށެވެ.

މިއަހަރު ކަދުރު ބެހުމުގައި އިސްކަންދޭނީ އެންމެފުރަތަމަ ފަގީރުންނަށްކަމަށް އިސްލާމިކް މިނިސްޓްރީއިން މީގެ ކުރިން ވިދާޅުވެފައި ވެއެވެ. މިގޮތުން މާލޭގައި ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ ފަގީރުންގެ ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ކޮންމެ ގޭބީސީއަކަށް އެއް ޕެކެޓްގެ އުސޫލުންނެވެ. އެގޮތުން ފަގީރުންގެ ގޭބީސީތަކަށް ކަދުރު ބެހުމަށްފަހު ބާކީ ކަދުރު ބަހާނީ އެންމެ ފުރަތަމަ އަންނަ ފަރާތްތަކަށް އިސްކަން ދީގެންނެވެ.

ރަމަޟާން މަހާއި ދިމާކޮށް އިސްލާމީ ބައެއް ޤައުމުތަކުން ކޮންމެ އަހަރަކުވެސް ރާއްޖެއަށް ކަދުރު ހަދިޔާ ކުރެއެވެ. ސައުދީ ސަރުކާރުން މި އަހަރު ރާއްޖެއަށް ދިނީ 50 ޓަނުގެ ކަދުރެވެ.