English Edition
Dhivehi Edition

“ރޯދައިގެބަދިގެ” މިސެގްމެންޓްގައި ކޮންމެދުވަހަކު ގެނެސްދޭ ރެސިޕީއަށް މިއަދު ޙާއްސަކޮށްލަނީ ކޮފީކޭކް ތައްޔާރު ކުރާނެގޮތް

ބޭނުންވާތަކެތި:

250ގ ފުށް

150ގ ހަކުރު

1 ޖޯޑު މޭބިސްކަދުރު

5ބިސް

2 މޭޒުމަތީސަމްސާ ކޮފީ

1 ސައިސަމްސާ ބޭކިންގ ޕައުޑަރ

3 މޭޒުމަޓީ ސަމްސާ ގެރިކިރު

ހައްދަވާނެގޮތް: 

ފުރަތަމަ ފުށާއި ބޭކިންގ ޕައުޑަރ އަދި ކޮފީ އެއްކޮށް ފުރާނާލާފައި ބަހައްޓާށެވެ. ދެން ބަޓަރު ހަކުރާއި އެއްކޮށްލުމަށްފަހު ބިހަކާއި ފަހަރަކު ކުޑަފުށްކޮޅަކާއި އެއްކޮށް އޮލަވަންދެން ގިރާލާށެވެ. ދެން އެސެންސް އަދި މޭބިސްކަދުރު އެއްކޮށްލާފައި ޓްރޭއެއްގައި ބަޓަރު ހާކާލާފައި ތައްޔާރުކުރި ފުށްގަނޑު އަޅާލުމަށްފަހު އަވަނުން ފިހެލާށެވެ. ކޭކް ފިހެވުމުން ގާނިޝްކޮށްލުމަށް އައިސިން ޕައުޑަރ ނުވަތަ ކޮކޯ ޕަޑަރުން ޑަސްޓް ކޮށްލާށެވެ.

2 ކޮމެންޓް
ށީސު
މެއި 16, 2019
ބަޓަރު ކިހާޥަރަކަށ؟
،peace
މެއި 15, 2019
ބަޓަރު އެޑް ކުރާވަރޯ