English Edition
Dhivehi Edition

މިދިޔަ މަހުގެ 21 ވަނަ ދުވަހު އަވައްޓެރި ސްރީލަންކާ އަށް ދިން ނިރުބަވެރި ހަމަލާތަކާއި ގުޅިގެން އެ ގައުމުން ގިނަ އަދަދެއްގެ ބޭރު މީހުން ޑީޕޯޓުކުރަމުން ދާކަމަށް ބޭރުގެ މީޑިޔާ ރިޕޯޓުތައް ބުނެފިއެވެ .

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އަވަށްޓެރި ސްރީލަންކާއިން ވޭތުވެދިޔަ ހަފްތާގެ ތެރޭގައި 600 މީހުން ޑީޕޯޓް ކޮށްފައިވާ އިރު، އޭގެ ތެރޭގައި އިންޑިއާ، ޕާކިސްތާން އަދި ރާއްޖޭގެ މީހުން ހިމެނެއެވެ.

ލަންކާއިން ޑީޕޯޓްކޮށްލި 600 މީހުންގެ ތެރޭގައި، 200 އިލްމުވެރިން،ރާއްޖެއާއި ޕާކިސްތާނުގެ އިލްމުވެރިންއަދި އޭގެ ތެރޭގައި އަވަށްޓެރި އިންޑިއާގެ 100 އެއްހާ މީހުންވެސް ހިމެނޭކަމަށް ރިޕޯޓްތައް ބުނެއެވެ.

ސްރީލަންކާއަށް ދިން ވަރުގަދަ ނިރުބަވެރި ހަމަލާތަކަށްފަހު އެންމެ ނުރައްކާތެރިކަން ބޮޑީވެސް އެގައުމުގައި އުޅޭ މުސްލިމުންނަށެވެ. އެގޮތުން މުސްލިމުންގެ މުދަލަށް ގެއްލުންދިނުމުގެ އިތުރުން މިސްކިތްތަކަށްވެސް ގެއްލުންދީފައިވެއެވެ.

ސްރީލަންކާ ގައި އެކި އެކި ބޭނުންތަކަށް ގިނަ އަދަދެއްގެ ދިވެހީން އުޅެއެވެ. ދިވެހިން ސްރީލަންކާގައި އުޅޭއިރު އެޤައުމުގެ ޤާނޫނުތަކަށް ބޯލެނބުމަށް، ކޮލަންބޯގައި ހުންނަ ދިވެހި އެމްބަސީން ވަނީ ތަކުރާރުކޮށް އިލްތިމާސް ކުރައްވާފައެވެ.