English Edition
Dhivehi Edition

ސްރީލަންކާގެ ފުއްތަމް އަވަށުގައި  ތޫނު އެއްޗަކުން ހަމަލާދީ މުސްލިމަކު މަރާލައިފިއެވެ.

45 އަހަރުގެ މި ފިރިހެންމީހާ  މަރާލާފައި ވަނީ އޭނާ މަސައްކަތް ކުރާ ވަޑާންގެއަށް ތޫނު އެއްޗެހި ހިފައިގެން ވަދެ ހަމަލާ ދީގެންނެވެ. މިރޭ ދިން މި ޙަމަލާގައި  އޭނާ ހޮސްޕިޓަލަށް ގެންދިޔަތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އެމީހާ މަރުވެފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

މިހަމަލާ ދީފައިވަނީ ލަންކާގައި ހިނގަމުންދާ ހަމަނުޖެހުމުގެ ސަބަބުން  މުޅި ލަންކާގައި ކާފިއު އިއުލާން ކޮށްފައި ވަނިކޮށެވެ.

ޕުއްތަލަމް ސަރަހައްދުގައި އާދީއްތަ ދުވަހުން ފެށިގެން މުސްލިމުންނާއި ދެކޮޅަށް އަޑުއުފުލާ މުސްލިމުންގެ ގެދޮރާއި މުދަލަށް ގެއްލުން ދިނުމުގެ ހާދިސާތައް ވަނީ ހިންގާފައެވެ. މިއީ މުސްލިމުންނާއި ދެކޮޅަށް މިފަހަރު ހަމަނުޖެހުންތައް ފެށި ފަހުން މަރުވި ފުރަތަމަ މީހާއޭވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހު ސްރީލަންކާގައި ދިން ބޮމުގެ ހަމަލާތަކަށް ފަހު އެގައުމުގައި މުސްލިމުން ވަނީ ނުރައްކާ ކުރިމަތިވެފައެވެ. ފާއިތުވި ދެދުވަހު މުސްލިމުންނަށް އަމާޒުކޮށް ހަމަލާ ދިނުން ވަނީ އިތުރު ވެފައެވެ