English Edition
Dhivehi Edition

ރޯދަމަހަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ނަލަފެހި އައްޑޫ ޕްރޮގްރާމުގެ ދަށުން 300 ގެއިން މިހާތަނަށް ކުނި ނަގައިފިއެވެ.

އައްޑޫސިޓީ ކައުންސިލާއި ވެމްކޯ ގުޅިގެން ކުރިޔަށް ގެންދާ މި ޕްރޮގްރާމުގައި 395 ގެއަކުން ނަން ނޯޓުކުރިއެވެ. އެއީ ހިތަދޫގެ 50 ގެއާއި، މަރަދޫގެ 19 ގެއާއި، މަރަދޫފޭދޫގެ 20 ގެއާއި ފޭދޫގެ 6 ގެއަކެވެ. މީގެ ތެރެއިން ބާކީ ނުނެގި ހުރީ 95 ގެއެވެ. ހުޅުދޫ މީދޫއިން ނަންނޯޓު ކުރި ހުރިހާ ގެއަކުން ވަނީ ކުނި ނަގައި ނިމިފައެވެ.

ކުނީގެ މައްސަލަ ހައްލުކުރުމަށް ކައުންސިލާއި ވެމްކޯއިން ވަނީ މަސައްކަތް ފެށީ މިއީ އައްޑޫއަށް އަބަދުވެސް ބޮޑު މައްސަލައަކަށްވެފައި އާންމުންގެ ޝަކުވާ ގިނައިން ހުށަހެޅޭ ކަމަކަށްވުމުންނެވެ.

ކުނި ނުނެގި ބާކީ މިހާރު ހުރި 95 ގެއިން ކުނި ނެގުމަށް ހަމަޖެހިފައިވަނީ 18 މޭ ވާ ހޮނިހިރު ދުވަހުއެވެ. އަދި ވީއްލާ ގަޑިއާ ދިމާކޮށް މިސްކިތްތަކުން އުފެދޭ ކުނި ނަގައިދިނުމުގެ މަސައްކަތްވެސް މިހާރު ވަނީ ފެށިފައެވެ.

ކުނި ނެގުމާއި ކުންޏާ ގުޅޭ ކަންކަމުގައި މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވަންޖެހޭ ނަންބަރަކީ 1666 އެވެ.