English Edition
Dhivehi Edition

“ހެޕީމާކެޓު ގޯދިއްޔާ ފުޓުސަލް ކަޕް 2019” ގެ މިރޭގެ ދެވަނަ މެޗުގައި ފެދޫ ޔުނައިޓެޑް ފްރެންޑްސްއާއި ހިތަދޫ އެފްސީ ޒެފިއާއި، ބައްދަލުކުރި މެޗު ޒެފިއާ ކާމިޔާބު ކޮށްފިއެވެ.

މަރަދޫ ވެމްބޮޅުފިށި ދަނޑުގައި ކުޅުނު މި މެޗު އެފްސީ ޒެފިއާ ކާމިޔާބު ކުރީ 4-2 ލަނޑުންނެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފް ނިމުނީ 1-1 ލަނޑުން ދެ ޓީމް އެއްވަރު ވެގެންނެވެ. ޔުނައިޓެޑް ފްރެންޑްސްގެ ފުރަތަމަ ލަނޑު ޖަހައިދިނީ އެޓީމުގެ ޖާޒީ ނަމްބަރ 20 އިބްރާހީމް މުޙައްމަދެވެ. އެމީހުންގެ ދެވަނަ ލަނޑު ޖަހައިދިނީ ޖާޒީ ނަމްބަރ 21 ޢަބްދުﷲ ޢިމްރާނެވެ. އެފްސީ ޒެފިއާގެ ލަޑުތައް ޖަހައިދީފައިވަނީ ޖާޒީ ނަމްބަރ 30 ޙަސަން ރާއިފް އަޙުމަދެވެ. ދެވަނަ ލަނޑު ޖަހައިދިނީ ޖާޒީ ނަމްބަރ 7 މުޙައްމަދު އާލިފް ފަހުމީއެވެ. ތިންވަނަ ލަނޑުޖެހީ ޖާޒީ ނަމްބަރ 9 އިބްރާހީމް ސަޢީދެވެ. 4 ވަނަ ލަނޑުޖަހައިދިނީ ޖާޒީ ނަމްބަރު 10 ޙަސަން އިރުފާނެވެ.

މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައޮވަނީ އެފްސީ ޒެފިއާގެ ޖާޒީ ނަމްބަރު 30 ޙަސަން ރާއިފް އަޙުމަދެވެ. މާދަމާރޭ ވެސް މި މުބާރާތުގެ ދެ މެޗު ކުޅޭނެއެވެ. ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ މަރަދޫ ޒިލޯންއާއި މަރަދޫފޭދޫ އެފްސީ އަފިރިން އެވެ. މިމެޗު ކުޅެނީ 21:30 ގައެވެ. ނެވަނަ މެޗުގައި ބައްދަލުކުރާނީ ފްރެންޑްސް ކުލަބާއި މަލްޓި ޖީނިއަސް ސިޓީއެވެ. މިމެޗު ފަށާނީ 22:30 ގައެވެ. މި ދެމެޗުވެސް ކުޅޭނީ މަރަދޫ ވެމްބޮޅުފިށި ދަނޑުގައެވެ.

މި މުބާރާތުގައި ޖުމްލަ 16 ޓީމު ވަނީ ބައިވެރިވެފައެވެ. މުބާރާތް ކުރިއަށް ގެންދަނީ 4 ގުރޫޕަކަށް ބަހާލައިގެންނެވެ.

މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ހެޕީމާކެޓެވެ. ޓްރެވެލް ޕާޓްނަރަކީ ސްރީލަންކަން އެއާލައިންސެވެ. ޓެލްކޮމް ޕާޓްނަރަކީ އުރީދޫ މޯލްޑިވްސް އެވެ. ޝޮޕިން ޕާޓްނަރުންނަކީ އިދުރީސް ޓްރޭޑިންއާއި، އެސްޓޯރިއާ އެވެ. ޕްރިންޓިން ޕާޓުނަރަކީ ކޮންޓްރޯލްޕީއެވެ. އޮންލައިން މީޑިއާ ޕާޓުނަރަކީ އޭއޯ ނިއުސްއެވެ. ކޭޓަރިން ޕާޓްނަރަކީ ޕާމްވިލެޖެއެވެ. ސްޕޯޓްސް ޕާޓްނަރަކީ ފަލަކް ސްޕޯޓްސްއެވެ.