English Edition
Dhivehi Edition

ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމްގެ ދަށުން، ސ. އަތޮޅު މަދަރަސާގެ ހެނދުނުގެ ދަންފަޅީގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިއަދު އެ ސްކޫލުން ކޮށްފައިވާ އިއުލާންގައި ވަނީ ބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 12 މެއި 2019 އިން 15 މެއި 2019 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:30 އިން 12:30 އަށް އެ ސްކޫލަށް ވަޑައިގެން ނަންނޯޓްކުރުމަށް އެދިފައެވެ.އަދި މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 16 މެއި 2019 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން [email protected] އަށް ފޮނުވުމަށް ސްކޫލުންވަނީ އެދިފައެވެ.

މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 19 މެއި 2019 ވާ އާދިއްތަ ދުވަހުގެ 11:00ގައި ސްކޫލުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ބީލަން ހުޅުވުން އޮންނާނީ 23 މެއި 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައެވެ.

މީގެ އިތުރުން އެ ސްކޫލުން ކުރި އިއުލާނުގައި ބުނީ މި ޕްރޮޖެކްޓްގެ ބިޑު ސެކިއުރިޓީގެ ގޮތުގައި 5,000/- (ފަސްހާސް) ދިވެހި ރުފިޔާ ހުށަހަޅަންޖެހޭކަމަށާއި ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 30 ދުވަސްކަމަށެވެ.

ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމް އަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދެކެވެ. މި ޕްރޮގްރާމް ފެށުމުގެ ގޮތުން މިހާރުވެސް 25 ސްކޫލެއްގައި ހެނދުނުގެ ނާސްތާ ދެމުން އަންނަ އިރު މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ސްކޫލް ކުދިންނަށް ނާސްތާ ދިނުމަށް ބަޖެޓުގައި 50 މިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ