English Edition
Dhivehi Edition

އައްޑޫސިޓީ މީދޫ އާސާމްގޭގައި އަލިފާނުގެ ހަދިސާއެއް ހިނގާ އެގޭގެ ދަރުބަދިގެ ބޭނުން ނުކުރޭވޭ ވަރަށް އަނދާ ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

މިހާދިސާ ހިނގާފައިވަނީ އިއްޔެގެ ހަވީރު 3:00 ހާއިރުއެވެ. އަދި އަލިފާން ނިއްވާލެވުނީ 3:50 ހާއިރު ކަމަށް މައުލޫމާތު ލިބެއެވެ.

އާސާމެ ގެއިން “އޭއޯނިއުސް” އާ ވާހަކަދެއްކި މީހަކު ބުނީ، އެގޭގެ ބަދިގޭގައި ރޯވިއިރު ހުރިހާއެންމެންވެސް ތިބީ ގޭގެކޮޓަރި ތަކުގެތެރޭގައި ކަމުން އަލިފާނގަނޑު ރޯވެ މުޅިބަދިގެ އަށް ފެތުރިގެންދިޔަ އިރުވެސް އެއްވެސް މީހަކަށް ނޭނގުނު ކަމަށެވެ. “މަންމަ ކުއްލިޔަކަކަށް އަޅުގަނޑަށް ގޮވީ 3:15 ހާއިރު، ޖެހިގެން ހުރި ގޭގެމީހުނަނަށް މަންޒަރުފެނިގެން މިގޭގެ މީހުނަށް ގޮވީ ދެން ފުލުހުންނާއި އިތުރު ބަޔަކުވެގެން މިގޭގެ ފެންތާންގީން ހޮޅިއެއް ގުޅައިގެން ފެންޖެހީ އަދި ބާލިދީ ވެސް ބޭނުން ކޮށްގެން ފެންޖަހައިގެން އަލިފާން ގަނޑު ނިއްވާލެވުނީ ” އޭނާ ބުންޏެވެ.

ނަމަވެސް އަލިފާންގަނޑު ނިއްވާލެވުނުއިރު ބަދިގޭގެ ދެބައިކުޅެ އެއްބައި އަނދާފައިވާކަމަށް އޭނާބުންޏެވެ. އަދި ބަދިގެ ތެރޭގައި ރޯދަމަހު ބޭނުންކުރުމަށްގަނެފައިވާ ބައެއްސާމާންވެސް އެއްކޮށް އަނދާފައި ވާކަމަށް އޭނާބުންޏެވެ.

މިހާދިސާ ހިނގަން މެދުވެރިވީ މަސްހިއްކަން އަލިފާންރޯކޮށްފައި ވަނިކޮށް ދަރުއަނދަމުން ގޮސް އެހެން އެއްޗެއްގައި ޖެހި ރޯވެގެން ކަމަށް ލަވާކުރެވޭ ކަމަށާއި ފުލުހުންގެ އެހީތެރިކަން ވެސްވަރަށްބޮޑަށް ލިބުނުކަމަށް އޭނާބުންޏެވެ.

އިއްޔެގަ އާސާމްގެގައި އަލިފާނުގެ ހާދިސާ ހިނގާފައިވާ އިރު މިދިޔަ އަހަރު މީދޫއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ އެގެއަށް ފެންވަދެ ގޭގެ ފަރުނީޗަރަށް ބޮޑެތި ގެއްލުންތައްވެ ބޭނުންނުކުރެވޭ ވަރަށް ވަނީ ހަލާކުވެފައެވެ. އާސާމް ގެއިން ވާހަކަ ދެއްކި މީހާ ބުނީ، މިިދިޔައަހަރު އެގެއަށް ލިބުނު ގެއްލުމުގެ ބަދަލު ރަށުއޮފީހުން ދޭނެ ކަމަށް ބުނެފައިވީނަމަވެސް އަދިވެސް ހަބަރެއް ނުވާކަމަށެވެ.