English Edition
Dhivehi Edition

ލިޔުނީ: ނޫރާން ތަވީލް ޢަބްދުލް މުޙްސިން / ހުޅުދޫ ސްކޫލް.

ހުޅުދޫ ސްކޫލްގެ އެލްކޭޖީ އަދި ޔޫކޭޖީ ދަރިވަރުންނަށް އަމާޒު ކުރެވިގެން “ސްޕޯރޓް ޑޭ” ގެނަމުގައި ކުޅިވަރުގެ ހަވީރެއް ބާއްވައި ފިއެވެ.

މި ކުޅިވަރު ހަވީރުގައި ސްކޫލްގެ އެލްކޭޖީ އަދި ޔޫކޭޖީގެ ހުރިހާ ދަރިވަރުނާއި ބެލެނިވެރިން ބައިވެރިވިއެވެ.

މި ކުޅިވަރު ހަވީރުގައި ތުއްތު ކުދިންނާއި ގުޅޭ ތަފާތު ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންދެވުނެވެ. އެގޮތުން މަސް ބޭނުން ، ބިސް ރޭސް ، ޕިލޯ ރޭސް، ރިލޭ ރޭސް އަދި ފެނުގެ ކުޅިވަރުތައް ހިމެނެއެވެ.މީގެ އިތުރުންވެސް ކުޑަކުދިންނާއި ގުޅޭ ތަފާތު ކުޅިވަރު ހަރަކާތްތައް ބޭއްވުނެވެ.

ފައުންޑޭޝަން ކުދިންނަށް އަމާޒުކުރެވިގެން ކުރިއަށް ގެންދެވުނު މިހަރަކާތުގެ މައިގަޑު މަޤުސަދަކީ، ދަރިވަރުންގެ މެދުގައި އެކުވެރިކަން އާލާކުރުމާއި ކުޅިވަރުގެ ތެރެއިން ތަފާތު ހުނަރުތައް ދަރިވަރުންނަށް ދަސްކޮށްދިނުން ކަމަށް ހުޅުދޫސްކޫލްގެ ޔޫކޭޖީ ކުލާހުގެ ޓީޗަރ ނަޒުހަތު ޝަފީޤް ވިދާޅުވިއެވެ.

ހުޅުދޫސްކޫލްގައި ފައުންޑޭޝަން ކުލާސްތަކަށް ކިޔެވުން ފެށިގެން ދިޔައީ މިދިޔަ އަހަރުގައެވެ.