English Edition
Dhivehi Edition

ލިޔުނީ: މުހައްމަދު ހިޒްޔަމް ހާމިދު

މަމެން އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތް 2019ގެ 14 އަހަރުން ދަށުގެ ރަނަރ އަޕްކަން ސ.އަތޮޅު ސްކޫލުން ހޯދައިފިއެވެ.

މިދިޔަ އާދީއްތަ ދުވަހު އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައި ޝަރަފުއްދީން ސްކޫލާއި ދެކޮޅަށް ކުޅުނު މި މެޗު 2-3ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޝަރަފުއްދީން ސްކޫލެވެ. އެހެންކަމުން މުބާރާތުގެ 14 އަހަރުން ދަށުގެ ޗެމްޕިއަންކަން ޝަރަފުއްދީން ސްކޫލުން ވަނީ ހޯދާފައެވެ.

މުބާރާތުގައި ބަލިވިނަމަވެސް، ސ.އަތޮޅު ސްކޫލްގެ ކުޅުންތެރިންވަނީ ގިނަ ރަންވަނަތަކެއް ޙާޞިލުކޮށްފައެވެ. އެގޮތުން އެންމެ މޮޅު 10 ކުޅުންތެރިންގެ ތެރޭގައި ސ.އަތޮޅު ސްކޫލްގެ މާއިސް، އަޒްވަން، ރައްޔާން އަދި ހުޒައިމް ވަނީ ހިމެނިފައެވެ. މީގެ އިތުރުން 14 އަހަރުންދަށުގެ ފެއަރޕްލޭ ޓީމްގެ މަޤާމުވެސް ލިބިފައިވަނީ ސ.އަތޮޅު ސްކޫލަށެވެ.

މެޗުގައި 2 ޓީމުގެ ކުޅުންތެރިންގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔައިރު، އެންމެ ފަހު ވަޤުތު ޝަރަފުއްދީނުން ގޯލު ކާމިޔާބުކުރުމުން މި މެޗް ސ.އަތޮޅު ސްކޫލަށް ނާކާމިޔާބުވިއެވެ.

ޓީމްގެ ކެޕްޓަން އަހްމަދު މާއިސް ބުނި ގޮތުގައި ދެން މުބާރާތެއްގައި މިއަށްވުރެ ރަނގަޅަށް މަސައްކަތްކުރާތަން ފެނިގެން ދާނެއެވެ. ޓީމުގެ ކުޅުންތެރިން ރަށަށް އައުމުން ސްކޫލްގެ ޕީ.ޓީ.އޭ އަދި މުދައްރިސުންގެ ފަރާތުން ހޫނު ތަރުޙީބެއް ލިބިގެން ދިޔައެވެ.

މަމެން އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ މަޤްޞަދަކީ އައްޑޫގައި ފުޓްބޯޅަ ކުރިއެރުވުމެވެ.

ފާއިތުވެދިޔަ އަހަރުވެސް ޗެމްޕިއަންކަން ހޯދީ ޝަރަފުއްދީން ސްކޫލުންނެވެ.

1 ކޮމެންޓް
Ahmed Riyaz
މެއި 3, 2019
sharafuddin school mee mubarathuge emme kaamiyaabu team..