English Edition
Dhivehi Edition

ސްޕެނިޝް ލީގު ތާވަލު ފުލުގައި އޮތް ރަޔޯ ވަލެކާނޯ އާއި ސްޕެއިން ލީގުގެ ގަދަ ބާރު ރެއާލް މެޑްރިޑް ބައްދަލުކުރިމެޗުން ރެއާލްމެޑްރިޑް ބަލިވެއްޖެއެވެ.

ރޭ ކުޅުނު މިމެޗުން ރެއާލް 1-0 ލަނޑުން ބަލިވެފައިވާއިރު ރޭގެ މެޗަކީ މި ސީޒަންގެ ލީގުގައި ބަލިވި 10 ވަނަ މެޗެވެ.ވަލެކާނޯއިން 22 އަހަރު ފަހުން ރެއާލް ބަލިކުރި އިރު، ރޭގެ މެޗަކީ 2004 ވަނަ އަހަރަށްފަހު ރެއާލްއިން ތާވަލުގެ ފުލުގައި އޮތް ޓީމެއް އަތުން ބަލިވި ފުރަތަމަ ފަހަރެވެ.

މެޗުގެ ފުރަތަމަ ހާފްގައި ވަލެކާނޯގެ ލީޑު ނެގީ ލިބުނު ޕެނެލްޓީއަކުންނެވެ.މި ލަނޑު އެ ޓީމައަށް ކާމިޔާބުކޮށްދިނީ އެޑްރިއަން އެމްބާބާއެވެ.

ރޭގެ މެޗައަށް ރެއާލް ނިކުތް އިރުވެސް މިސީޒަންގައި އެއްވެސް ތައްޓެއް ހޯދުމުގެ އުންމީދު ރިއާލްއަށް ވަނީ ގެއްލިފައެވެ. ރޭގެ މިނަތީޖާއާއި އެކު ދެ ވަނަ އަށް އެރުމަށް ވެސް އުނދަގޫތަކެއް ކުރިމަތިވެފަ އެވެ. ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 35 މެޗުން 74 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ރެއާލުގެ އޮތީ 35 މެޗުން 65 ޕޮއިންޓެވެ. ބާކީ އޮތީ ތިން މެޗެވެ.

މެޗަށް ނުކުތް އިރު ވަލެކާނޯ ތާވަލުގެ ފުލުގައި އޮތް އިރު، ރޭގެ މެޗުން މޮޅުވެ، އެޓީމު ވަނީ 19 ވަނައަށް ޖެހިލާފައެވެ. އަދި ރެލިގޭޓް ނުވެ ސަލާމަތްވުމަށް ކުޑަ އުންމީދެއް ގެނުވާފައެވެ.