English Edition
Dhivehi Edition

ކާމިޔާބު ގިނަ ފިލްމުތަކެއް ބެލުންތެރިންނާއި ހަމައަށް ގެނެސްދީފައިވާ ކަރަން ޖޯހަރުގެ “ކަލަންކް”އަށް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ބެލެވުނު ނަމަވެސް އެ ފިލްމަށް މާބޮޑު ތަރުހީބެއް ނުލި ފޮލޮޕް ފިލްމުތަކުގެ ލިސްޓަށް އަރައިފިއެވެ.

މި މަހުގެ 17 ވަނަ ދުވަހު ރިލީޒްކުރި ދަރުމާ ޕްރޮޑަކްޝަންގެ ކަލަންކް އަށް ގިނަ ބަޔަކު ފާޑުކިޔާފައިވާއިރު މިހާރު ފިލްމު ބަލަން ވަންނަ މީހުންގެ އަދަދު ވެސް ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށް ބޮލީވުޑްގެ ހަބަރު ފަތުރާ ވަސީލަތްތަކުން ވަނީ ބުނެފައެވެ.250 ކްރޯޑް ރުޕީސްގެ ބޮޑު ބަޖެޓަކުން އުފެއްދި މި ފިލްމަށް މިހާތަނަށް އެންމެ 50 ކްރޯޑް ލިބިފައިވާއިރު މި ފިލްމަކީ ކަރަންގެ ފިލްމީ މަސައްކަތުގައި މިހާތަނަށް އެންމެ ބޮޑު ނާކާމިޔާބީ އާއި ކުރިމަތިލާންޖެހުނު ފިލްމެވެ.

މި ފިލްމުގެ ތަރީންގެ ތެރޭގައި މާދުރީ ދިކްސިޓް، ބަތަލާ ސޮނާކްޝީ ސިންހާ، އާލިއާ ބަޓް، އަތިދްޔާ ރޯއީ ކަޕޫރު ހިމެނޭ އިރު މިއީ މި ތަރިންގެ ފިލްމީ ކެރިއަރަށްވެސް އެޅިގެން ދިޔަ ބޮޑު ހުރަހެއްކަމަށް ގިނަ ބަޔަކުވަނީ ބުނެފައެވެ.

ކަރަން ޖޯހަރު އަދި ޔަޝް ޖޯހަރު މީގެ 15 އަހަރު ކުރިން ޕްލޭންކޮށްފައިވާ މި ފިލްމުގައި ދައްކާދީފައިވަނީ 1940 ގެ އަހަރުތަކުގެ ތެރޭގެ ހާދިސާއެކެވެ