English Edition
Dhivehi Edition
ވަޒީރުންގެ ބައްދަލުވުން،ފޮޓޯ : ރައީސް އޮފީސް

މިދިޔަ އާދީއްތަ ދުވަހު އަވަށްޓެރި ސްރީލަންކާއަށް ދިން ޓެރަރިސްޓު ހަމަލާއާއި ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރައްވައިފިއެވެ.

މިއަދު ވަޒީރުންގެ މަޖިލީހުގައި ސްރީލަންކާއަށް ކުރިމަތިވި ހިތާމަވެރި ހާލަތާބެހޭގޮތުން ކުރެވުނު މަޝްވަރާގައި މިފަދަ ޓެރެރިސްޓް ހަމަލާތަކުން ދިވެހިރާއްޖެ ރައްކާތެރި ކުރެވިދާނެ ގޮތްތަކާބެހޭގޮތުން ވާހަކަ ދެއްކުނު ކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ.

މި ހަމަލާގައި މިހާތަނަށް 310 މީހުން މަރުވެފައި ވާއިރު 500 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

ސްރީލަންކާއަށް ކުރިމަތިވެފައިވާ ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި ދިވެހިރާއްޖެއިން ބައިވެރިވުމުގެ ގޮތުން އެ ޤައުމުގައި ހުންނަ ދިވެހި އެމްބަސީގެ ދިދަވަނީ ބައިދަނޑިއަށް ތިރިކޮށްފައެވެ. އަދި ސްރީލަންކާގެ ސަރުކާރަށް އެއްބާރުލުން ދެއްވުމަށާއި، ދިވެހިންގެ ޙާލު ބެއްލެވުމަށާއި ރައީސުލް ޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބަކުވެސް ވަނީ ސްރީލަންކާއަށް ފޮނުއްވާފައެވެ.