English Edition
Dhivehi Edition

މަޖިލީހުގެ ރައީސަކަށް އަންހެނަކަށް ނުހުރެވޭނެ ކަމަށް ދީނީ އިލްމު ވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމުގެ ރައީސް އާއި ނައިބު ރައީސް ނެތިއްޖެ ހާލަތެއްގައި ގައުމުގެ ހިންގުމާ ހަވާލުވާނީ މަޖިލީހުގެ ރައީސް ކަމަށެވެ. އަދި ގައުމެއްގެ އެންމެ އިސްވެރިއަކަށް އަންހެނަކު ހުރުން އިސްލާމް ދީން ހުއްދަ ނުކުރާ ކަމަށް އިޔާޒް ވަނީ ވިދާޅުވެފައެވެ.

ވިދާޅުވުމުން ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު އެކަމަށް ރައްދު ދެއްވައިފިއެވެ. ދިޔާނާ ދެއްވި ރައްދުގައި އޭނާ ވިދާޅުވީ އަންހެނަކަށް މަޖިލީހުގެ ރައީސް ކަން ކުރެވޭނެ ކަމުގައެވެ.

ޑރ.އިޔާޒް  މި ގޮތަށް ވިދާޅުވެފައި ވާއިރު، މަޖިލީހުގެ ރައީސް ކަމާއި ނައިބް ރައީސް ކަމަށް، 19 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބު ކާމިޔާބު ކުރެއްވި އެމްޑީޕީގެ އަންހެން ދެ މެންބަރަކު ޝައުގު ވެރިކަން ފާޅު ކުރައްވާފައި ވެއެވެ. އެއީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް އާއި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެވެ.

އަންހެނުންނަށް ރައީސް ކަން ނުކުރެއްވެވޭނެ ކަމަށް އިޔާޒު ވިދާޅުވީ ވިދާޅުވުމާ ދެކޮޅަށް އެކަމަށް ރައްދު ދެއްވާ ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު  ވިދާޅުވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށްވެސް އަންހެނުން ކުރިމަތިލުން ހުއްދަ ކަމަށެވެ. އަދި ގާނޫނު އަސާސީ އެކަށައެޅުނު އިރު އެކަން ހުއްދަވާ ގޮތަށް ގާނޫނު އަސާސީގެ 109 ވަނަ މާއްދާ އެކުލަވާލާފައި ވަނީ ރައްޔިތުންގެ ހާއްސަ މަޖިލީހުން އިސްލާމް ދީނުގެ އަސާސްތައް ދިރާސާ ކުރެއްވުމަށް ފަހު ދީން އެކަމަށް ހުއްދަ ކުރާތީ ކަމަށް ވެސް ދިޔާނާ ވިދާޅުވިއެވެ.

ގާނޫނު އަސާސީގެ 109 މާއްދާގައި، ރައީސުލްޖުމްހޫރިއްޔާ އަކަށް އިންތިހާބު ކުރާ މީހާގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތު ތައް ކަނޑައެޅިގެން ބަޔާން ކޮށްފައި ވެއެވެ. އަދި އޭގެ ތެރޭގައި ފިރިހެނަކަށް ވުން ޝަރުތު ކޮށްފައެއް ނުވެއެވެ.

ޑ