English Edition
Dhivehi Edition

އިންސާނުން ނެވާލަނީ ފުއްޕާމެއާ ހަމައަށް އޮކްސިޖަން ފޯރު ކޮށްދިނުމަށެވެ. މިއީ ކޮންމެ އިންސާނަކުވެސް ދިރިހުރުމަށް، އެކަމާ އެއްވެސް ފިކުރެށްނެތި ކުރާ ކަމެކެވެ. ނަމަވެސް މިއީ ނެވާ ލުމުގެ ހަމައެކަނި ބޭނުން ބާވައެވެ؟

ދާދި ފަހުންކުރި ދިރާސާއަކުން އަހަރުމެން ނެވާލާ ގޮތުން ވިސްނުންތަފާތުވާ ކަމަށް ވަނީ ދައްކައިފައެވެ. އެއީ ނެވާލާ ގޮތުން ސިކުނޑީގައި ދައުރު ކުރަމުންދާ އިލެކްޓްރިކަލް ސިގްނަލްތައް ތަފާތުވާތީއެވެ. ނޭވާލަނީ އެތެރެއަށްތޯ، ބޭރަށްތޯ ނުވަތަ އަނގައިންތޯ ނޫނީ ނޭފަތުން ކަމަށްވިޔަސް މި ތަފާތު އާދެއެވެ.

slide_328129_3184627_free

އަހަރުމެންގެ ނެވާލާ ގޮތާ ސިކުންޑީގެ ހަރަކާތްތަކާ އެއްވެސް ގުޅުމެއް ހުރިތޯ ބެލުމަށް ނޯތުވެސްޓާން ޔުނިވާސިޓީގެ ދިރާސާކުރާ ފަރާތްތަކުން ވަނީ ފިޓު ޖެހޭ ހަތް މީހުންގެ އީއީޖީ ރިޕޯޓްތައް ދިރާސާ ކޮށްފައެވެ. މި ހަތް މީހުންނަކީ އެމީހުންގެ ސިކުނޑީގައި، އޮޕަރޭޝަން ކުރުމުގެ ކުރިން އެލެކްޓްރޯޑްސް ހަރު ކޮށްފައިވާ މީހުންނެވެ. އެއީ އެމީހުން ފިޓް ޖެހެނީ ސިކުނޑީގެ ކިހާ ހިސާބަކަށްތޯ ބެލުމަށްޓަކައެވެ. މި ރިޕޯޓްތަކުން ދައްކާ ގޮތުގައި ނޭވާލެވޭ ގޮތަކުންވެސް ސިކުނޑީގެ ހަރަކާތްތަކަށް ބަދަލު އާދެއެވެ.

މިކަން އިތުރަށް ދިރާސާ ކުރުމަށް މިހާރުވަނީ އިތުރު ދިރާސާ އެއް ހަދައިފައެވެ. އޭގައި ފުރިހަމަ ސިއްހަތެއްގައި ތިބި 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހުންގެ އަމަލްކުރާ ގޮތް ބެލިއެވެ.

މި ދިރާސާގައި ބައިވެރިން ޖެހެނީ އަވަސް، ވަރަށް އަވަސް، އަވަހަށް ދައްކަމުން ދިޔަ މޫނުތަކުގެ ފޯޓޯއިން، އެމީހުންގެ މޫނުމަތިން ފެންނަނީ ހައިރާންކަންތޯ ނުވަތަ ބިރުވެރިކަންތޯ ނިންމުމަށެވެ. މީގެ ބޭނުމަކީ ސިކުނޑީގެ ‘އެމިގްޑާލާ’ ނުވަތަ އިހްސާސްތައް ދޭހަ ކުރާބައިން، އެމީހަކު ނޭވާލާ ގޮތަށް ބިނާކޮށް ތަފާތު ތަކެއް އަންނަތޯ ބެލުމެވެ.

މި ދިރާސާގެ ނަތީޖާ ދެއްކިގޮތުން ބައިވެރިން ބިރުގަނެފައި ތިބިކަން އަވަހަށް ދެނެގަނެވުނެވެ. ނަމަވެސް އެއީ ނޭފަތުން އެމީހާ އެތެރެއަށް ނޭވާ ލާނަމައެވެ. ނަމަވެސް މިކަމުން ހައިރާންކަން ދެނެގަތުމަށް ވަކި ތަފާތެއް އައިސްފައި ނެތެވެ.

color-brain-1280x800-e1374092863784

މިކަމާ ގުޅުވައިގެން އިތުރު އެހެން ދިރާސާއެއްވެސް ވަނީ ކޮށްފައެވެ. އެ ދިރާސާގައި ބެލީ އިންސާނާގެ ހަނދާން ހުންނަ މިންވަރަށް ނޭވާލާގޮތުން ބަދަލެއް އާދޭތޯއެވެ. އޭގައިވެސް ނޭފަތުން އެތެރެއަށް ނޭވާލާނަމަ ހަނދާން ކުރެވޭ މިންވަރު %5 އިތުރު ވެއެވެ. ނަމަވެސް މިއީ މާ ބޮޑަށް ފާހަގަ ކުރާވަރުގެ ފަރަގެއް ނޫނެވެ.

ސައެންސްވެރިން ބުނާގޮތުން މި ދިރާސާތަކުން ޔަގީން ޖަވާބެއް އަދި ދެވޭކަށް ނެތެވެ. ސަބަބަކީ އިތުރަށް ދިރާސާކުރަން ޖެހުމާއި މިގޮތަށް މިހެން ދިމާވާ ސަބަބު އަދި ދެނެގަނެވިފައި ނެތުމުންނެވެ. ނަމަވެސް ނޭވާލުމާއި ސިކުނޑި މަސަތްކަތްކުރާ ގޮތާ ގުޅުމެއްވާ ކަން މިދިރާސާތަކުން މިވަނީ ދެނެގަނެވިފައެވެ. ސައެންސްވެރިން ދެކޭގޮތުގައި ނުރައްކާތެރި ހާލަތެއްގައި ނޭވާލުން އަވަސްވުމުން އަވަސް ނިންމުންތައް ނިންމަން ފަސޭހަވެގެން ދަނީ ވެސް މިހެންވެއެވެ. ނަމަވެސް މިއީވެސް އިތުރަށް ތަހުގީގު ކުރަން ޖެހިފައިވާ ކަމެކެވެ.