English Edition
Dhivehi Edition

އަންހެނުން މައްސަރު ކަންތައް ޖެހިގެންއުޅޭ ދުވަސްވަރު ދިމާވާ އުނދަގޫތައް ކުޑަކޮށްދޭ ޗޮކްލެޓެއް އުފައްދައިފިއެވެ.

މި ޗޮކްލެޓް އުފައްދާފައިވަނީ ނިއުޒީލޭންޑުގެ ކުންފުންޏަކުންނެވެ. އެކުންފުނިން ބުނެފައިވަނީ މި ޗޮކްލެޓް ކެއުމުން އެދުވަސްވަރު ދިމާވާ އުންދަގޫތައް ކުޑަ ކޮއްދޭނެ ކަމަށެވެ.

ޖަރުމަނު ބަހުން ‘ފްރައުންމޮންޑް’ ނުވަތަ ‘އަންހެނުންގެ ހަނދު’ގެ ނަމުން ނަންދެވިފައިވާ މި ޗޮކްލެޓް އުފައްދާފައިވަނީ %60 ކޮކޯއާއި ސްވިޒްލޭންޑްގެ ފަރުބަދަ ސަރަހައްދުން ނަގާ 17 ބާވަތެއްގެ ފަތްޕިލާވެލި ބޭނުންކޮށްގެންނެވެ.

Un cuore nel cioccolato

މިޗޮކްލެޓް އުފައްދާފައިވަނީ ‘ޗޮކްލެޓް ވިތު ލަވް’ ކިޔާ ކުންފުންޏަކުންނެވެ. ކުންފުނީގެ ވެރިޔާ ވިޑްމާރ އަކީ ސްވިޒްލޭޑް ގެ މަޝްހޫރު ޕޭސްޓްރީ ޝެފެކެވެ. އެނާ ބުނާ ގޮތުގައި އެނާއަށް މި ޗޮކްލެޓް އުފެއްދުމުގެ ހިޔާލް އައީ މީގެ 3 އަހަރު ކުރިން ‘ގްރެފެނޯޓް’ގައި އުޅޭ އާއިލާ އަކާ ބައްދަލުވުމަށް ފަހުއެވެ. ވިޑްމާރ ކިޔައިދީފައިވާ ގޮތުގައި އެމީހުން ވަނީ ފްރައުންމޮންޑް ގެ ނަމުގައި ހަމަ މި 17 ބާވަތުގެ ފަތްޕިލާވެލި ބޭނުންކޮށްގެން ސައެއް އުފައްދައިފައެވެ. މި ސަޔަކީވެސް މިކަމަށް ހާއްސަ ސަޔެކެވެ.

ވިޑްމާރ ދެން އުޅެންފެށީ އެނާގެ ޗޮކްލެޓް އުފެއްދުމުގެ މަސަތްކަތާއިގެންނެވެ. އެނާ އާއި އިތުރު ދެ މިހަކާ ގުޅިގެން އެނާގެ ރެސިޕީއަށް ދިރާސާ ކުރަން ފެށިއެވެ. އެނާ ބުނާ ގޮތުގައި މިއީ އަންހެނުންގެ ސިއްހަތަށް ފައިދާވާ ގޮތަށް ދުނިޔޭގެ ފުރަތަމަ އުފެއްދި ހާއްސަ ޗޮކްލެޓް ކަމަށެވެ. ވިޑްމާރ ބުނި ގޮތުގައި މި ޗޮކްލެޓް ފިރިހެން ބޭފުޅުން ކެއުމަކުން އެއްވެސް މައްސަލައެއް ނެތްކަމަށެވެ. މި ޗޮކްލެޓްގެ ހާއްސަ ކަމަކީ މައްސަރު ކަންތަކުގައި އަންހެނުންނަށް މި ޗޮކްލެޓް ކެއުމުން ލުއިއެއް ލިބޭކަމެވެ.

Chocolate flow

ވިޑްމާރ އެނާގެ ޗޮކްލެޓް ސިފަކުރަނީ ބޭހެއްގެ ގޮތުގައެއް ނޫނެވެ. އެއީ ހަމަ ކާލަން މީރު ޗޮކްލެޓެކެވެ. ސިއްޙަތަށް ފައިދާހުރި ޗޮކްލެޓެކެވެ. އެނާ ޗޮކްލެޓް އިސްތިހާރު ވެސް ކުރަނީ މި ގޮތަށެވެ. ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުން މެދު މިންވަރަކަށް ޑާކް ޗޮކްލެޓް ކެއުމުން މައްސަރު ކަންތަކުގައި ދިމާވާ އުނދަގޫ ތަކުން ލުއިއެއް ލިބެއެވެ.

ޗޮކްލެޓްގެ ރަހަމިހާރު ވަރަށްގިނަ މީހުން ބަލަން ބޭނުން ވާނެއެވެ. މި ވަގުތު މި ޗޮކްލެޓް ވިއްކަމުންދަނީ 12 އެމެރިކާ ޑޮލަރަށެވެ. މި ޗޮކްލެޓް އެ ކުންފުނީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. އަދި ހިންގަމުން މިދާ 2017 ވަނަ އަހަރު އޭޝިއާގެ މާރކެޓްގައި ލިބެން ހުންނާނެ ކަމަށް ކުންފުނީގެ ވެރިޔާ މާކް ވިޑްމާރ އުންމީދު ކުރެއެވެ.