English Edition
Dhivehi Edition

ލިޔުނީ:ޝަފްޤާ

އައްޑޫސިޓީ މަރަދޫފޭދޫ ފެނަކަ މުވައްޒަފުންނަށް ހާއްސަކޮށްގެން ބޭއްވި “ދެވަނަ ފެނަކަ ބެޑްމިންޓަން މުބާރާތް” ރޭ ނިމިއްޖެއެވެ.

މަރަދޫފޭދޫ ޒުވާނުނުގެ މަރުކަޒުގައި ރޭ 20:30 ގައި ބޭއްވި މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާނަކީ ހޮރައިޒަން އެކަޑަމީގެ ފައުންޑަރ ހައްވާ ރާމިޒާއެވެ. އަންހެން 3 ޓީމު އަދި ފިރިހެން 12 ޓީމު ބައިވެރި މިމުބާރާތުގައި ހޮވާފައިވާ ވަނަތަކަކީ ޗެމްޕިއަން ޓީމް، ރަނަރަޕް ޓީމް އަދި މުބާރާތުގެ ހާއްސަ އިނާމެވެ.

ޓީމު އިވެންޓް ގެ ގޮތުގައި ކުޅެވުނު މި މުބާރާތުގެ ފިރިހެން ޑިވިޝަން ގެ އެއްވަނަ ހޯދާފައިވަނީ އަބްދުﷲ އަލީ އާއި އިބްރާހިމް ނިޒާރުއެވެ. އަންހެން ޑިވިޝަން ގެ އެއްވަނަ ހޯދާފައިވަނީ ފާތުމަތު ސަތްފާ އާއި މަރިޔަމް ޝިއުނާ ފަޔާޒުއެވެ. މުބާރާތުގެ ހާއްސަ އިނާމު ލިބިފައިވަނީ ހުސެއިން ރަޝީދުއަށެވެ.

މިމުބާރާތް އިންތިޒާމުކުރި ފެނަކައިގެ ރެވެނިއު އޮފިސަރ އިބުރާހިމް ޝިޔާމް ވިދާޅުވީ މިމުބާރާތުގެ މަގުސަދަކީ ފެނަކަ މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް ކުޅިވަރުގެ ރޫހު ދިރުވައި އާލާކުރުން ކަމުގައެވެ. މި މުބާރާތް ކާމިޔާބު ކަމާއި އެކީ ކުރިޔަށް ގެންދެވުނީ ގިނަ ފަރާތުގެ އެހީއާއި އެކީކަން ފާހަނގަކޮށް ޝިޔާމް ވަނީ އެފަރާތްތަކަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ. އެގޮތުން މުބާރާތުގެ ޓެކްނިކަލް ހުރިހާ އެހީއެއް ވެދެއްވި ޓްރިޑޭ ސްޕޯޓްސް އެކަޑަމީ އަދި އެހެނިހެން ގޮތްގޮތުން އެހީތެރި ވެދެއްވި ހޮރައިޒަން އެކަޑަމީ، މަރަދޫފޭދޫ ޒުވާނުންގެ މަރުކަޒު، ހިތަދޫ ޒުވާނުންގެ މަރުކަޒުގެ، ޓްރިޑޭ ސްޕޯޓްސް ގެ މެނޭޖިންގް ޑިރެކްޓަރ ނާތިޖް އަލީ، މުހައްމަދު އާދިލްގެ އިތުރުން މީޑިޔާ ޕާޓްނަރ އޭއޯ ނިއުސް އަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރިއެވެ.