English Edition
Dhivehi Edition

އައްޑޫ ސިޓީ ކައުންސިލާއި، އައްޑޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމަޓީ އަދި އައްޑޫ ނޭޗަރ ޕާކް އަދި އައި ރަނާސް ގުޅިގެން އާރތް ޑޭ ފާހަގަކުރުމަށްޓަކައި ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

އާރތް ޑޭ ފާހަނގަކުރުމުގެ ގޮތުން މިއަދު އައްޑޫ ނޭޗަރ ޕާކް ސާފުކުރުމުގެ ހަރަކާތެއް ކުރިއަށް ގެންދިއުމަށްވަނީ ނިންމާފައެވެ. މިއަދު ހަވީރު 16:00 ގައި ފެށުމަށް ހަމަޖެހިފައިވާ މި ހަރަކާތުގައި ސަރުކާރުގެ މުއައްސަސާތަކާއި އަމިއްލަ ފަރާތްތަކުން ބައިވެރިވުމަށް މި ހަރަކާތް އިންތިޒާމްކުރާ ފަރާތުންވަނީ އެދިފައެވެ.

މީގެ އިތުރުން މި ދުވަސް ފާހަނގަކުރުމަށްޓަކައި މާދަމާ ހަވީރު ހާއްސަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ގޮތުން ގަސް އިންދުމުގެ ހަރަކާތަކާއި، ކުދިންނަށް ހާއްސަކޮށްގެން ބާއްވާ، ބޭނުންކޮށްފައި ހުންނަ ސާމާނުން ހަދާފައިވާ ހެނދުންތައް ދައްކާލުމުގެ ފެޝަން ޝޯއެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުންވެސް ވަރަށް ގިނަ ހަރަކާތްތަކެއް މާދަމާ ކުރިއަށް ގެންދަން ނިންމާފައިވާކަމަށް މި ހަރަކާތް އިންތިޒާމުކުރާ ފަރާތުންވަނީ ބުނެފައެވެ.

ބައިނަލް އަޤްވާމީގޮތުން ފާހާގަކުރާ އާރތް ޑޭ އަކީ 22 އެޕްރީލްއެވެ. އާރތް ޑޭ ފާހަގަ ކުރުމުގެ މައިގަނޑު މަޤްސަދަކީ ދުނިޔޭގެ ވެށި ހިމާޔަތްކޮށް، ކުރިޔަށް އޮތް ޖީލްތަކަށް ވާސިލްކުރުމަށް ތިމާވެއްޓައް ރައްކާތެރި އުސޫލްތަކެއްގެ މައްޗަށް މުޖުތަމައުތައް ބިނާކުރުމަށް ބާރު އެޅުމެވެ.