ހުޅުދޫސްކޫލްގައި ރީޑިންގ ޕްރޮގްރާމެއް އިފްތިތާހުކޮށްފި
5 މަސް ކުރިން
ސްކޫލް މީޑިއާ

ލިޔުނީ: ނޫރާން ތަވީލް ޢަބްދުލް މުޙްސިން / ހުޅުދޫ ސްކޫލް.

ހުޅުދޫސްކޫލްގެ ހުރިހާ ދަރިވަރުންނަށް އަމާޒުކުރެވިގެން ފޮތް ކިޔުމުގެ ޕްރޮގްރާމެއް  އެސްކޫލްގައި އިފްތިތާހު ކޮށްފިއެވެ.

Advt

Advertisement

އިނގިރޭސި ބަހުންނާއި ދިވެހި ބަހުން ފޮތް ކިޔުމުގެ އާދަ ދަރިވަރުންގެ ކިބައިގައި ހަރުލެއްވުމުގެ މަޤުސަދުގައި އިއްޔެ އިފްތިތާހު ކުރެވުނު ޕްރޮގްރާމް މިއަހަރުގެ ނިޔަލަށް ކުރިއަށް ދާނެއެވެ.

މި ޕްރޮގްރާމްގެ ދަށުން ދަރިވަރުންނާއި ހަވާލު ކުރެވުނު ރީޑިންގ ޕްރޮގްރާމް ފޮތް ތަޢާރަފު ކުރުން އޮތެވެ. މީގެ އިތުރުން މި ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދާނެ އެހެނިހެން ހަރަކާތްތައްވެސް ޕްރިންސިޕަލް ނާޒްނީން ދަރިވަރުންނަށް ތަޢާރަފު ކޮށްދެއްވިއެވެ.

މި ޕްރޮގްރާމްގެ ސަބަބުން ދަރިވަރުންގެ ކިޔުމުގެ ހުނަރު އިތުރުވެ، ދިވެހި އަދި އިގިރޭސި ބަހަށް އިތުރަށް ލޯބި ޖެހިގެންދާނެކަމަށް އިންގްލިޝް ޑިޕާރޓްމަންޓްގެ އިންޗަރޖް ވިދާޅުވިއެވެ.

ހުޅުދޫ ސްކޫލަކީ އަބަދުވެސް ދަރިވަރުންގެ ތަޢުލީމަށް މިފަދަ ޕްރޮގްރާމްތައް، އެކި ސިފަސިފައިގަ ކުރިއަށް ގެންދާ ސްކޫލެއްކަން ފާހަގަ ކުރެވެއެވެ.