English Edition
Dhivehi Edition

ދުވަސްވެ ހަލާކުވެފައިވާ މުސްހަފްތައް ނައްތާލުމަށް އައްޑޫސިޓީ ކައުންސިލް އިން ނިންމައިފިއެވެ.

އައްޑޫސިޓީ އަވަށްތަކުގެ ގޭގޭގައި ހުރި ދުވަސްވެ ގަނޑު ވަކިވެފައިި ހުރި ޚަތިމްތައް ރައްކާތެރިކަމާއެކު ނައްތާލުމުގެ ޕްރޮގްރާމެއް އައްޑޫސިޓީ ކައުންސިލުން ހިންގުމަށް ވަނީ ހަމަޖެހިފައިކަމަށް ކައުންސިލުން ނެރުނު ޢިއުލާނެއް ގައިވެއެވެ.

މިޕްރޮގްރާމުގެ ދަށުން ޚަތިމްތައް ހަވާލުކުރުމަށް ބޭނުންވާ ފަރާތްތަކުން އެގެޔަކާ އެންމެ ކައިރީގައި ހުރި މިސްކިތަކަށް ޙަތިމާއި ގުރުއާނުގެ އާޔަތްތައް ލިޔެފައި ހުރި ލިޔުންތައް ހަވާލުކޮށް ދިނުމަށް ކައުންސިލުން އެދެއެވެ.

ދުވަސްވެ ހަލާކުވެފައި ހުންނަ މުސްހަފް އެއްކުރުމުގެ ޕްރޮގްރާމުގެ ދަށުން ގޭގޭގައި ހުރި ޤުރުއާނުގެ ލިޔުންތަކާއި ދުވަސްވެ ގަނޑުވެފައި ހުރި ޚަތިމްތައް ހަވާލުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 02 މޭއި 2019 ވާ ބުރާސްފަތި ދުވަހު އަސުރު ނަމާދާއި މަޢްރިބު ނަމާދާއި ދެމެދު އެގެޔާއި އެންމެ ކައިރި މިސްކިތަކާއި ހަވާލުކުރެވޭނެ ކަމަށް ކައުންސިލުން ބުނެއެވެ.

އިސްލާމްދީނުގައި ކީރިތި ގުރުއާނު ނައްތާލުމުގައި އަމަލުކުރަނީ ތިންގޮތަކަށެވެ. އެއީ ސާފު ރީތި ފޮތިގަނޑެއްގައި ބަނދެ އާއްމުކޮށް މީހުން ހިނގާ ނޫޅޭ ހިސާބެއްގައި މުސްހަފް ވަޅުލުން ނުވަތަ މުސްހަފު ގެ އަކުރުތައް ފޮހެވޭނެ ހެން އެ ފޮތް ފެންގަނޑަކަށް ލިއުން ނުވަތަ ސާފު ތާހިރު ތަނެއްގައި މުސްހަފް އަންދާލުމެވެ.