English Edition
Dhivehi Edition

ލިޔުނީ:ޝަފްޤާ

ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި އައިޝްވާރިޔާ ރާއީ ބައްޗަން އާއި އަބީޝެކް ބައްޗަން އަދި ދަރިފުޅު އަރާދިޔާ ބައްޗަށް ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސްފިއެވެ.

މި އާއިލާ ރާއްޖެ އައިސްދައިވަނީ މިއަދު މެންދުރުފަހު ގޯ އެއާރ ލައިންއިންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުން މި ތަރިން ޗުއްޓީ ހޭދަކުރުމަށް ހަމަޖެހިފައިވަނީ ނިޔާމަ ރިސޯޓްގައެވެ. މީގެ ކުރިންވެސް މި އާއިލާއިން އެތައް ފަހަރަކު ރާއްޖެ އައިސްފައިވައިރު އަމީތާބްގެ 75 ވަނަ އުފަންދުވަސްވެސް ފާހަނގަކޮށްފައިވަނީ ރާއްޖޭގައެވެ. މީގެ އިތުރުން އަބީޝޭކްގެ އުފަން ދުވަސް ފާހަގަކުރަންވެސް އެ އާއިލާ އެކީގައިވަނީ ރާއްޖެ އައިސްފަ އެވެ. އެ ފަހަރު އެ އާއިލާ ޗުއްޓީ ހެދަކޮށްފަައިވަނީ ރީތި ރަށް އައިލެންޑު ރިސޯޓުގަ އެވެ.

އައިޝްވާރިޔާގެ އާއިލާ މިއަދު މެންދުރުފަހު ރާއްޖެއައިސްފައިވާއިރު މިއަދު ސިދާތް މަލޯތްރާވެސް ޗުއްޓީ ހޭދަކުރުމަށް ރައްޖެ އައިސްފައެވެ.