English Edition
Dhivehi Edition

ލިޔުނީ:ޝަފްޤާ

ކަރަން ޖޯހަރްގެ ފިލްމު ‘ސްޓޫޑެންޓް އޮފް ދި އިޔާރ’ އިން ބޮލީވުޑަށް ތައާރަފްވި މަޝްހޫރު ބަތަލާ ސިދާތް މަލޯތްރާ ރާއްޖެގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

ސިދާތް ޗުއްޓީ ހޭަދަކުރުމަށް ރައްޖެއައިސްފައިވަނީ މިއަދު ހެނދުނު ސްރީލަންކަން އެއާރ ލައިންސް އިންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ސިދާތް ޗުއްޓީ ހޭދަކުރުމަށް ހަމަޖެހިފައިވަނީ އެސްޓީ ރެގިސް ވޮއްމުލި ރިސޯޓްގައެވެ.މީގެ ކުރިންވެސް ސިދާތް އާއި އާލިއާ ބަޓްއެކުގައި ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައެވެ. އޭރު ސިދާތް އާއި އާލިއާ އެކުގައި ރާއްޖޭގައި ނަގާފައިވާ ފޮޓޯ ދައްކާލުމުން ވޯގް ބީއެފްއެފް ޝޯގައި މަހޭޝް ވަނީ ފޮޓޯތައް ވަރަށް ރީތި ކަމަށާއި އެފޮޓޯ އަކީ ރާއްޖޭގައި ނަގާފައިވާ ފޮޓޯތަކެއް ކަމުގައި ބުނެފައެވެ.

ސިދާތް ކުޅެފައިވާ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި ‘ހަސީތޯ ޕަސީ’ ބަރްދާސްތް’ ކަޕޫރް އެންޑް ސަންސް’ އަދި އިއްތިފާގްފަދަ ފިލްމުތައް ހިމެނެވެ. ދެން އެންމެ އަވަހަށް ފެނިގެންދާނެ ސިދާތްގެ ފިލްމަކީ މަރްޖާވާ އާއި ޖަބަރިޔާ ޖޯޑީއެވެ. ޖަބަރިޔާ ޖޯޑީ ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މެއި މަހުގެ 17 ގައެވެ.