English Edition
Dhivehi Edition

ސްޓާޕްލަސް އިން ދައްކަމުން އަންނަ މަޝްހޫރު ޝޯވް “ޔޭހޭ މުހައްބަތޭން” އަންނަ ޖޫންމަހު ހުއްޓާލަން އުޅޭކަމަށް އިންޑިއާގެ މީޑިއާ ތަކުގައި ރިޕޯޓްކޮށްފި އެވެ.

މި ޝޯވް ހުއްޓާލަން އުޅޭކަން ކަޝަވަރުކޮށްދީފައި ވަނީ ޝޯވްގައި “އާލިއާ ބައްލާ” ގެ ރޯލުންފެނިގެންދާ ކްރިޝްނާ މުކުރުޖީ އެވެ.

ކްރިޝްނާ ބުނެފައިވަނީ މިޝޯވް ހުއްޓާލާ އަސްލު ސަބަބު އޭނައަށް ނޭންގޭ ކަމަށާއި މިއީ އެއްގޮތަކަށްވެސް އޭނަ ހިތަހަމަ ޖެހޭކަމެއް ނޫންކަމަށެވެ. ކްރިޝްނާ ބުނެފައިވަނީ މިޝޯވްގެ މިހާރު މިއުޅޭ އެންމެނަކީ ހަގީގީ އާއިލީ މެމްބަރުންނާ އެއްފަދަ ބައެއް ކަމަށެވެ. އެހެން ކަމުން މިހާ ގާތް ގުޅުމެއް އުފެދިފައި ވީއިރު މި ޝޯވް ހުއްޓާލަން އޭނަވެސް ނޭދޭކަމަށާއި ހުރިހާއެންމެން މަތިން އަބަދުވެސް ހަނދާން ވާނެކަމަށް އޭނާވަނީ ބުނެފައެވެ.

އިންޑިއާގެ ބައެއް ނޫސްތަކުގައި ބުނެފައިވަނީ ޔޭހޭ މުހައްބަތޭން ހުއްޓާލަން އުޅެނީ އެޝޯވް ބަލާމީހުންގެ ރޭޓް ދަށްވުމުންކަމަށެވެ. މިހާރުވެސް ޝޯވްއަށް އިތުރު ޓްވިސްޓްތައް ގެނެސް އާތަރިންތަކެއް ގެނައުމުން ވެސް ރޭޓް މަތިވެފައި ނުވާކަމަށް ޝޯވް ގެ އިސްވެރިންނާ ހަވާލާދީ ނޫސްތަކުގައި ރިޕޯޓްކޮށްފައި ވެއެވެ.

ޔޭހޭ މުހައްބަތޭން އެންމެ ފުރަތަމަ ދައްކާފައިވަނީ2013 ޑިސެމްބަރ 3 ވަނަ ދުވަހުއެވެ. މިހާރު މިޝޯވް ދައްކާތާ ފަސް އަހަރުވެފައިވާއިރު، ޝޯވް ގެ މުހިންމު ދެ ބައިވެރިން ކަމަށްވާ އިޝިތާ (ދިވިޔަންކާ) އަދި ރަމަން (ކަރަން) ގެ ޖޯޑަކީ އަދިވެސް ބެލުންތެރިންގެ އެންމެ މަގްބޫލު އެއްޖޯޑެވެ.

ޔޭހޭ މުހައްބަތޭން ހުއްޓާލަން އުޅޭކަމުގެ އަޑު ފެތުރިފައިވާ އިރު މިވަގުތު އާލިއާ ބައްލާ (ކްރިޝްނާ މުކުރުޖީ) ވަނީ ނާގިން 3 ގައި އެ ޝޯވްގެ ހުކުމް އަދި ވިކާޝްގެ ދަރިއެއްގެ ރޯލް ކުޅުމަށް ސޮއިކޮށްފައެވެ.