English Edition
Dhivehi Edition
ޓީމު-މަލްޓި ޖީނިއަރސް ސިޓީ

ހައިޑްރޯ ފުޓްސެލް ކަޕް 2019 ގައި އެފްސީ ސްކޫޕް ކަންމަތީގެ މައްޗަށް 6-3 ގެ ނަތީޖާއިން މަލްޓި ޖީނިއަސް ސިޓީ ކުރި ހޯދައިފިއެވެ.

ރޭ ކުޅުނު މެޗުން މަލްޓީ ޖީނިއަސް ސިޓީ މޮޅުވެފައި ވަނީ އެފްސީ ސްކޫޕް ކަންމަތި 03 ގޯލު ޖަހާފައި ވަނިކޮށް ފަހަތުން އަރާ ގޯލް ޖަހައިގެންނެވެ.

ފޭދޫ ބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗުގައި މަލްޓި ޖީނިއަސް ސިޓީ ލަނޑުތައް ޖަހައި ދީފައިވަނީ އިބްރާހިމް ޝާހިދު އާއި މިރާޙް މުޙައްމަދު އާއި މުޙައްމަދު އަޙްމަދު އަދި އަޙްމަދު ޝާފިޢު އެވެ. މި ކުޅުންތެރިންގެ ތެރެއިން މިރާޙް މުޙައްމަދު އަދި މުޙައްމަދު އަހްމަދުވަނީ ދެ ލަނޑު ޖަހާފައެވެ.

އެފްސީ ސްކޫޕް އިން ލަނޑު ޖަހައިދީފައިވަނީ އާސިފް މުޙައްމަދު އާއި ހޫދު ލަޠީފް އަދި ޙުސެއިން އާދިލް އެވެ.

މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ މިރާޙް މުޙައްމަދެވެ. މޮޅު ކުޅުންތެރިޔަކަށް ހޮވުނު ފަރާތަށް ޓްރޮފީ ޙަވާލު ކޮށް ދެއްވީ ޑަބްލިއު ޑީ ސީގެ ފޭދޫ އަވަށުގެ މެމްބަރު ޙައްވާ ޒާހިރާއެވެ.

މި މުބާރާތުގެ ޗެމްޕިއަންޓީމަށް 20000 ރުފިޔާ އާއި ރަނައަޕްޓީމަށް 8000 ރުފިޔާއާއި އެކު ވާދައިގެ ތައްޓެއް ވެސް ވަނީ ހުށަހަޅާފައެވ. މުބާރާތުގެ ސްޕޮންސަރަކީ ހައިޑްރޯ މޯލްޑިވެސް އެވެ.