ސްކޫލު ބަންދުގެ ފަސޭހަ ކަންނެއް ދުވަސް ނިމި އަލުން ސްކޫލުގެ ކިޔެވުންތަކާ އެކި އެކި އެހެނިހެން ހަރަކާތްތަކާ ހޯމްވޯކް ހެދުމުގެ ކަންތައް ލައިގަތުމުން މުޅިއާއިލާއަށް ކުއްލި ލޮޅުމެއް އާދެއެވެ. އަދި މިކަންތަކަށް ވުރެންވެސް ބޮޑީ ކުދީން ސްކޫލަށް ދާން ހެނދުނާ ހޭލެއްވުމެވެ. އެތަކެއް ދުވަހެއް ވަންދެން އެމީހުން ބޭނުން އިރަކު ނިދަން ތިބެވޭގޮތް ވުމަށް ފަހު ހެނދުނު ވަކި ގަޑިއަކަށް ހޭލުމަކީ ވަރަށް ވެސް ދަތިކަމެކެވެ. އެހެން ކަމުން މައިންބަފައިންޖެހޭނީ މިކަމާ މެދު އެކުދީން ދުރާލާ ތައްޔާރު ކުރުވައި ހާނުވާށެވެ. ތިރީގައި މިވަނީ ކުދީން އިސްކޫލަށް ފޮނުވަން ހޭލައްވަން ކުރެވިދާނެ 5 ކަމެކެވެ.
Help – My Kids Are Driving Me Crazy-
މިފޮތް ލިއުނު ޑޭވިޑް ސްވެންސަން ބުނާ ގޮތުގައި ޗުއްޓީ ނިމި ސްކޫލް ފެށެންވާ އިރަށް ކުދިން ޖެހޭނީ އެކަމަށް ހާނުވާށެވެ. މައިންބަފައިން އެންމެ ފަހުވަގުތާ ޖެހެންދެން އަޅާނުލާ ތިބުމީ ހެދޭ ވަރަށް ބޮޑު ގޯހެއްކަމަށް އޭނާ ބުނެއެވެ. ސްކޫލަށް ކުދިން ދާންޖެހޭ ފުރަތަމަ ދުވަހާ ހަމަޔަށް އެކުދިން ލުއިފަސޭހަކަން މަތީ ބައިތިއްބުމަށްފަހު ހެނދުނު ހެނދުނާ ނިދިން ހޭލެއްވުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ.
ސްލީޕް އީޒީ ސޮލޫޝަން ފޮތް ލިއުމުގެ ބައިވެރިޔާ ޖިލް ސްޕިވެކް ބުނާ ގޮތުގައި އެއް ހަފްތާ ކުރީން ކުދީން ހޭލައްވަން ފަށަންވާނެއެވެ. އަދި އެކަމުގައި ބައިވެރިވާ އެންމެންވެސް އެގޮތަށް ހޭނެން ފަށަންވާނެއެވެ.
އޭނާ ބުނާ ގޮތުގައި ކުދީންގެ ގާތު ނިދުމުގެ މުހިންމުކަން ކިޔާދޭންވާނެއެވެ. އެއީ ކެއުންބުއިން ފަދައިން އެމީހުންނަށް ބޭނުންވާނެ ކަމެކެވެ. ނުނިދާ އުޅެން ފަށައިފިނަމަ ބޮޑެތި މައްސަލަތަކާ ކުރިމަތިވާނެއެވެ. އެތަކެއް ގިނަ ހޯދުން ތަކުން ނިދި މަދުވުމުގެ މައްސަލަތައް ވަނީ ހޯދިފައެވެ. އޭގެތެރޭގައި ހާސްވުމާއި ހިތްދަތިވުމުގެ މައްސަލަތައް ކުރިމަތިވާކަން ވަނީ ކަށަވަރު ވެފައެވެ. އަދި މިކަމުގެ ސަބަބުން ކުދީންގެ ކިޔެވުން ވެސް ދަށްވެގެން ދެއެވެ. ގްރޭޑް 4 އަކާ 6 އަކާ ދެމެދުގެ ކުދީން އެތައް ރެއަކުން އެއްގަޑިއިރުގެ ނިދުން މަދުވިޔަސް އެމީހުން ކުލާހުގައި ސަމާލުކަން ދޭމިންވަރު ބެލުމަށް ކުރެވޭ ޓެސްޓްތަކުން މިކަންވަނީ ފާހަގަ ކުރެވިފައެވެ.
ނިދުމާބެހޭ ނެޝަނަލް ފައުންޑޭޝަން އިން ބުނާގޮތުގައި އުމުރުން 5-11 އަހަރުގެ ކުދީން 10 ގަޑިއާ 11 ގަޑިއިރާ ދެމެދު ނިދަން ޖެހެއެވެ. އަދި 10-18 އަހަރާ ދެމެދުގެ ކުދީން 8.5 އާ (ނުވައެއް ޕޮއިންޓް ފަހެއް) 9.5 އާ ދެމެދު ކޮންމެ ރެއަކު ނިދަން ޖެހެއެވެ. އެކަމަކު ގިނަ ކުދީންނެއް މިވަރަކަށް ނުނިދައެވެ.
މައިންބައފައިން އަބަދުވެސް އެކުދީންނާ އަޅާލާކަން ދައްކަންވާނެއެވެ. އަދި ކިޔެވުމުގެ ގަޑިތަކާއި ނިދުމުގެ ގަޑިތަކަށް ހޭނުމަކީ ފަސޭކަމެއް ނޫންކަން ބުނެދޭންވާނެއެވެ. މިކަންތައް ކުރެވޭނީ ލޯބިންނެވެ. ތައުލީމު ހޯދުމަށް ނިދުމަކީ ކިހާވަރެއްގެ މުހިންމުކަމެއްކަން ދެނެތިބެގެންނެވެ.
”މިއީ ގަދަ ބާރަކުން ކުރެވޭނޭ ކަމެއް ނޫން.” ސްޕިވެކް ބުންޏެވެ.
. ކުދީންގެ ނިދުމުގެ ގަޑިއަށް ވުރެން ދުރަށް ބަލާށެވެ.
ސްވެންސަން ބުނާ ގޮތުގައި ކުދީންގެ ނިދިހަމަ ކުރުމަށް ރާވަންޖެހޭނީ މުޅިދުވަހުގެ ހަރަކާތްތަކަށް ބަހާލައިގެންނެވެ. އެއީ އެކުދިންގެ ކާ ގަޑިއާއި ޓީވާ ބަލާ ގަޑިއާއި ކޮމްޕިއުޓަރުގައި ތިބޭ ވަގުތާއި ވިޑިއޯގޭމް ކުޅޭ ވަގުތުތައް ކޮންޓްރޯލް ކޮށްގެންނެވެ. އޭނާ ބުނަނީ މިކަންތައް ވަކި ގަވާއިދަކަށް ބަހަށްޓަން ޖެހެނީ އެކުދީން ކަނޑައަޅާފައިވާ ގަޑިއަށް ނިންދެވުމަށެވެ.
ވަރަށް ގިނަ މައިންބަފައިން ދެކެނީ ފޯނާއި ކޮންޕިއުޓަރުގެ ކާފިއު އެއް ހިންގައިފިނަމަ ކުދީން ބޮޑު ހައިޖާނެއް ހަދާނެ ކަމަށެވެ. އެކަމަކު އެކުދީންގެ ގާތުގައި މިކަން ކުރަން ޖެހޭ ސަބަބު ކިޔައިދިނުމުން އެކުދީންނަށްވެސް މީގެ ރަނގަޅާ ނުރަނގަޅު ވިސްނޭނެއެވެ. އެކުދީންގެ ގާތު ބުނަންވާނެއެވެ. ތިމަންމެން ތި ކުދީންނަށް ފޯނާ ކޮމްޕިއުޓަރާ ގޭމްތައް ހޯދައިދެނީ ވަކި ގަވާއިދަކަށް ވަކި އިރެއްވަންދެން ތިކުދީން އަމިއްލައަށް އޭގެ ބޭނުން ކުރާނެ ކަމަށް އިތުބާރުކޮށްފައެވެ. އެކަމަކު ނިދާގަޑީގެ ފަހުން މިއެއްޗެހި ބޭނުން ކުރާނަމަ ތިމަންމެންނަށް ޖެހޭނީ އެ ގަޑިތަކަށް ތިކުދިން ހޭނުމަށް އެހީވެދޭށެވެ.
ސްވެންސަން ބުނާ ގޮތުގައި ރޭވިފައިވާ ގަޑިތަކުގައި އެކުދީން އެއެއްޗެއްގެ ބޭނުން ކުރުން ހުއްޓާ ނުލައިފިނަމަ އެއެއްޗެއް އަތުލަންވެސް މައިންބަފައިން ތައްޔާރަށް ތިބެން ޖެހޭނެ ކަމަށެވެ. ސްޕިވެކް ބުނަނީ މައިންބަފައިން ކުދީންގެ މުޅި ދުވަސް ހޭދަކުރާނެ ފަދަ ތަކެތި އެކުދީންނަށް ހޯދާ ނުދިނުމަށެވެ. އެގޮތަކީ ކުދީންނަކަށް އެއްމިނިޓުން އަނެއް މިނިޓަށް ކަންކަން ޕްރޮގްރާމު ކޮށްގެންނެއް ނޫޅެވޭނެއެވެ. އެހެން ކަމުން މައިންބަފައިން ޖެހޭނީ އެކުދީންނަށް މާ އުނދަގޫ ނުވާނެ ފަދަ ގޮތަކަށް ނިދާ ގަޑި ހަމަޖައްސާށެވެ. އަރާމުގެ ގަޑިތަކަކީ ކުލާހުގަޑިއަކަށް ވުރެންވެސް މުހިންމު ވަގުތެއްކަން ދަންނާށެވެ.
އަލުން ސްކޫލު ގަޑިތަކަށް ހޭނުން
އެތަކެއް މަހަކަށް ނުވަތަ ހަފްތާތަކަށް ބޭނުންގަޑިއަކަށް ހޭލަމުން އައިސްފައިވާ ކުއްޖަކަށް އަވަހަށް ނިދަން އޮށޯތަކަސް ފަތިހާ ހޭލުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. ސްޕިވަ ބުނަނީ ހަފްތާއެއްގެ ކުރީން ފަތިހާ އެލާމް ކުރަން ފަށަންވާނެ ކަމަށެވެ. އޭނާ ބުނާ ގޮތުގައި ގަޑިއެއްހާ އިރު ކުރިން އެލާމް ކުރަން ފަށަންވާނެ ކަމަށެވެ. އަދި މަޑުމަޑުން އެގަޑި ބަދަލު ކުރަމުން ދިއުމަށެވެ. އަދި ނިދާ ގަޑިވެސް އެއާ އެއްވަރަކަށް އަވަސް ކުރަމުން ދާން ޖެހޭނެ ކަމަށެވެ.
ކޮންމެ ރެއަކުވެސް ކެއުމުގެ ފަހުން ޓީވީއާއި ފޯނާއި ގޭމްގެ ކުޅިވަރުތައް ހުއްޓުވަމުން ގޮސް މަޑުމަޑުން ހަމަޔަކަށް އަޅުވާނީއެވެ. އަދި ނިދުމުގެ ކުރީގައި ބައްޕަމަންމަގެ ނަސޭހަތުގެ ބަސްތަކުން ކުއްޖާއަށް ވިސްނާ ދޭނީއެވެ. މީގެ އިތުރުން ކުޑަދޮރުގެ ދޮރުފޮތިގަނޑު ކަހާލާފައި ބެހެއްޓުމުންވެސް އިރުގެ އަވިން ކުއްޖާގެ ހަށިގަނޑުގެ ތަބީއީ ގަޑި އަލުން ރިސެޓް ކުރެވޭނެއެވެ.
ކުޑަ ރިޝްވަތެއް ދިނުމަކުން ގެއްލުމެއްނެތެވެ.
ކޮންމެ މީހަކުވެސް ބޭނުންވާ އެއްޗެހިތަކެއް ހުންނާނެއެވެ. ކުދީންވެސް ގަންނަން ބޭނުންވާނެ ތަކެތި ބައިވަރެވެ. އާ ހެދުމެއް، އާ ދަބަހެއް ނުވަތަ ސްކޫލަން ގެންދާނެ ބައެއް ކަހަލަ އެއްޗެހި އެކުދީން އަބަދުވެސް ބޭނުންވެގެން އުޅޭނެއެވެ. މިއީވެސް ގަޑިއަށް ހޭލެއްވުމަށް ބާރު އެޅުމަށް ބޭނުން ކުރެވިދާނެ އުކުޅެކެވެ. ސްކޫލް ދުވަސް ކައިރިވުމުން ގަޑިއަށް ހޭލާ މަތިން ނުވަތަ އަވަހަށް ނިދާ މަތިން އެކުދިން ބޭނުންވާ ކޮންމެވެސް އެއްޗެއް ގަނެދެވިދާނެއެވެ. އަދި ހަމަ އެފަދައިން މޯބައިލް ފޯނުގެ ބޭނުން ކުރެވޭނެ ވަގުތާއި ޓީވީ ވީޑިއޯގޭމުގެ ބޭނުން ކުރުމުގެ ހުއްދައަކީވެސް އެކުދީންނަށް ދެވިދާނެ ކުޑަ ރިޝްވަތަކަށް ވާނެއެވެ. އެކަމަކު އެކުދީން ޓެކްނޮލޮޖީގެ ބޭނުންކުރުން ކަނޑައެޅިފައިވާ ގަޑިއަށް ހުއްޓާ ނުލާ ލަސްކުރަމުން ގެންދަން ފަށައިފިނަމަ އެކުދީންނަށް މިކަހަލަ ގޮތަކަށް ނަސޭހަތްތެރި ވެވިދާނެއެވެ. ”އެކަކުވެސް ހެނދުނު ހެނދުނާ ހޭލާކަށް ބޭނުމެއް ނުވާނެ. އެހެންނަމަވެސް މިއީ ކުރަން ޖެހޭ ކަމެއް ވީމާ ޖެހޭނީ މިއެއްޗެހި ބޭނުން ކުރާ ގަޑި އަވަހަށް ނިންމާލަން.”
ހެނދު އަވަހަށް ހޭލައިފިނަމަ ހަދިޔާއެއްް ދެވިދާނެއެވެ.
ލިސާ ޖޮއިނަރ ބުނަނީ ކުއްޖާއަށް ހޭލައިގެން ކުރާނެ ކަމެއް ދައްކާށޭއެވެ. އޭނާ ނިދާ އެނދު ތަންމަތި އަޅައި ފެންވަރައި ސްކޫލަށް ދާން ތައްޔާރުވެ ވަގުތުއޮއްވާ ސައިބޮއި ނިމިއްޖެ ނަމަ އިރުކޮޅަކަށް ވީޑިއޯ ގޭމް ކުޅުމުގެ ހުއްދަ ދެވިދާނެއެވެ. އެކަމަކު ނިދުމުގެ ކުރީގައި ސްކޫލަށް ދިއުމަށްލާ ޔުނިފޯމް ތައްޔާރު ކުރުވައި ފޮތްތައް ހަމަކުރުމުގެ ކަންތައް ކުރުވުން ޖޮއިނަރ އެއްގޮތަކަށްވެސް ދުލެއް ނުކުރުވާނެއެވެ.
އެކުދީން ގަޑިޔަށް ސްކޫލަށް ގޮސްފިނަމަ ސާބަސްދީ ހިއްވަރު ދޭންވާނެއެވެ. އަދި ތިމާގެ އަމިއްލައަށްވެސް އެކަމަށްޓަކައި ސާބަސް ލިބިގަންނަން ޖެހޭނެއެވެ.