English Edition
Dhivehi Edition
ފުވައްމުލަކު ސިޓީ ހޮސްޕިޓަލުގެ ޑެންޓަލް ކެއަރ ޔުނިޓް ހުޅުވުމުގެ ރަސްމިއްޔާތު

ފުވައްމުލަކު ސިޓީ ހޮސްޕިޓަލުގައި ޤާއިމުކޮށް ދެއްވާފައިވާ ޑެންޓަލް ކެއަރ ޔުނިޓް ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމު މިއަދު ހުޅުއްވައި ދެއްވައިފިއެވެ.

މިއަދު ހެނދުނު ފުވައްމުލަކު ސިޓީ ހޮސްޕިޓަލްގައި ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފައިޞަލް ވިދާޅުވީ، ސަރުކާރުގެ އެންމެ އިސްވާޖިބަކީ ، ދިވެހި ރައްޔިތުންނަށް ދުޅަ ހެޔޮކަންމަތީ ދިރި އުޅުމަށް މިހާރު ހުރި ގޮން ޖެހުންތައް ނައްތާލައި، ރާއްޖޭގެ ޞިއްޙީ ޚިދުމަތްތައް އިތުރަށް ފުޅާ ކުރެއްވުންކަމަށެވެ. މިގޮތުންް ރާއްޖޭގެ އެއްވެސް ރަށެއް، ރައްޔިތެއް ، ތަފާތު ކުރުުމެއް ނެތި މުޅި ދިވެހި ރާއްޖޭގެ ޞިއްޙީ ކަންތައް ތައް ފުޅާކޮށް ކުރި އެރުވަމަށްޓަކައި ސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުން ކަމަށް ފައިސަލް ވިދާޅުވިއެވެ

ކުރިއަށް އޮތްދުވަސްތަކުގައި ދެމިތިބޭނީ ރައްޔިތުން ސަރުކާރާ މަތިކޮށްފައިވާ ޒިންމާތައް އަދާ ކުރުމުގައި ކަމަށާއި، ރައްޔިތުން އެދޭގޮތަށް ރާއްޖޭގެ ޞިއްޙީ ދާއިރާގެ އިތުރު ޚިދުމަތްތައް ފަށައި، މިހާރު ދެވޭ ޚިދުމަތްތައް އިތުރަށް ރަނގަޅުކުރުމަށް ގަދަ އަޅައި މަސައްކަތް ކުރައްވާނެކަމުގައި ވެސް ނައިބު ރައީސް ވިދާޅުވިއެވެ. ފުވައްމުލަކު ސިޓީ ހޮސްޕިޓަލުގައި މިހާރު މަސައްކަތް ފެށިފައިވާ ޑައިލިސިސް ޔުނިޓްގެ މަސައްކަތް ނިމި މިއަހަރު ތެރޭގައި އެތަނުގެ ޚިދުމަތްވެސް ލިބިގެންދާނެ ކަމަށް ހެލްތް މިނިސްޓްރީން ހާމަ ކުރެއެވެ.

މިއަދުގެ މި ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރ އަމީން އާއި ސަރުކާރުގެ ބައެއް ވަޒީރުން ބައިވެރިވެ ވަޑައިގަތެވެ.