English Edition
Dhivehi Edition

ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ރައީސް ކަމަށް ހޮވުނީތީ އެކަމާ ފަހުން ހިތާމަކުރާ އެއްވެސް މީހަކާ ދިމާ ނުވާކަމަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަޚްލޫފު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މަހްލޫފް މިހެން ވިދާޅުވީ ރާއްޖެ ޓީވީއިން ހެނދުނު ގެނެސްދޭ “ފަށާއިރު” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރ މަހްލޫފް ވިދާޅުވީ ރައީސް ކަމަށް އިބޫ ހޮވުނީތީ އެކަމާ ފަހުން ހިތާމަކުރާ އެއްވެސް މީހަކާ ދިމާ ނުވަކަމަށާއި އެއީ ހަމަ ރަނގަޅު ނިންމުމެއް ކަމަށް ހުރިހާ ރައްޔިތުން ވެސް ގަބޫލުކުރާކަމަށެވެ. އަދި އެހެން އެވަނީ އިންތިޚާބުވެވަޑައިގަތުމަށް ފަހު ރައީސް ވެސް ކަންކަން ކުރައްވާ ގޮތުން ކަމަށް މަހްލޫފް ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރ މަހުލޫފް ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ނަތީޖާ އައި ގޮތް ދިވެހި ރައްޔިތުން މިއަދު ގަބޫލުކުރާ ކަމަށާއި، އެ ނަތީޖާއާއި މެދު ދިވެހިން ތިބީ އުފަލުން ކަމަށެވެ. އަދި ސަރުކާރަށާއި ރައީސް ޞާލިޙް އިބްރާހީމް މުހައްމަދު ސޯލިހަށް ރައްޔިތުން ކުރާ ތާއިދު މިފަހަރުގެ މަޖިލިސް އިންތިހާބުން އެނގިގެން ދިޔަކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެ ގޮތުން މަޖިލިސް އިންތިހާބުގެ ކެމްޕެއިން ތެރެއިން 80 ވަރަކަށް ރަށަށް ވަޑައިގެންނެވި ކަމަށާއި އެ ދަތުރުތަކުން އެންމެ ބޮޑަށް ފާހަގަކުރެއްވުނު އެއް ކަމަކީ، ރައްޔިތުން ރައީސް ސޯލިހަށް ކުރައްވާ އިތުބާރު ކަމަށް ވެސް މަޚުލޫފް ވިދާޅުވި އެވެ.

ރައީސް ވަނީ ފެބްރުއަރީ 14 އިން ފެށިގެން މަހުލޫފް ގޭގައި މަޑުކުރެއްވުމަށް އަންގަވާފައެވެ. އެއީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާގެ ތެރެއިން 1.3 ބިލިއަން ރުފިޔާ ވަދެފައިވާ އެސްއޯއެފް ކުންފުންޏާއެކު ހިންގަފައިވާ ފައިސާގެ މުޢާމަލާތުގެ ސަބަބުން މިނިސްޓަރ މަހްލޫފް ވެސް އޭގެ ތެރޭގައި ހިމެނިފައިވާކަމަށް އޭސީސީއިން ބުނެފައިވާތީ އެވެ.