English Edition
Dhivehi Edition

.ފްރާންސްގެ ސަރުކާރުން ރާއްޖެއަށް އާ ސަފީރަކު ކަނޑައަޅުއްވައިފިއެވެ.

އިއްޔެ ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އާ ސަފީރު ހިޒް އެކްސެލެންސީ މިސްޓާރ އެރިކް ލެވަޓޫ އަށް ސަފީރުއަށް ސަފީރު ކަމުގެ ފަށްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހުވަނީ އަރުވައިފިއެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހިޒް އެކްސެލެންސީ މިސްޓާރ އެރިކް ލެވަޓޫ ވިދާޅުވީ އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ދެ ޤައުމު ދޭތެރޭގައި އޮތް ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ. އަދި ދެ ޤައުމުގެ ޒަމާންވީ ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ރައީސުލް ޖުމްހޫރިއްޔާގެ ވާހަކަފުޅު ގައި ފްރާންސްގެ ފަތުރުވެރިން ރާއްޖެ ޒިޔާރަށްކޮށް މިދެ ޤައުމުގެ ގުޅުން ބަދަހިވެ، ވޭތުވެދިޔަ އަހަރު ތަކުގައި ފްރާންސްއިން ރާއްޖެއަށް ވެދެއްވާފައިވާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވާފައެވެ.
މި ބައްދަލުވުމުގައި ފްރަންސްގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި އަމާން ކަމާއެކު ރައްޔިތުންގެ މަޖިލިސް އިންތިހާބު ކުރިއަށް ގެންގޮސް ކާމިޔާބު ހޯއްދަވާފައިވާތީ ރައީސް އަށް މަރުހަބާ ވިދާޅުވެ އަދި މަޖިލިސް އިނތިހާބުގެ ނަތީޖާއިން ފެނިގެން ދިޔައީ ދިވެހި ރައްޔިތުން މިހާރު އޮޮތް ސަރުކާރު ބަލައިގެންފައިވާ މިންވަރު ކަމަށް ވިދާޅުވިއެވެ. އަދި ކުރިޔަށް އޮތް ދުވަސްތަކުގައި ރައްޔިތުންގެ ބޭނުންތައް ފުރިހަމަ ކޮށްދިނުމަށް އިސްކަންދިނުމަށް ސަފީރުވަނީ އެދިވަޑައިގެންފައެވެ.
މި ބައްދަލުވުން ނިންމަވާލައްވަމުން އާސަފީރު ދެއްކެވި ވާހަކަފުޅުގައި މިޤައުމަށް ހިދުމަތްކުރެއްވުމަށް ފުރުސަތު ލިބިވަޑައިގަތުމަކީ ފަހުރެއްގެ ގޮތުގައި ފާހަނގަ ކުރެއްވިއެވެ. އަދި އެމަނިކުފާނުގެ ސަފީރުކަމުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްޙޫރިއްޔާ އަށް އެރުވިއެވެ.