English Edition
Dhivehi Edition

ސްޓޭޓް ޓްރޭޑިން އޯގަ ނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ފިޔާ، އަލުވި އަދި ބިސް ރޯދައާ ދިމާކޮށް އަގުހެޔޮކޮށްފިއެވެ.

އެސްޓީއޯ ގެ ފިހާރަތަކުން ރީޓޭލްކޮށް ފިޔާ ކިލޯއެއް ހަތް ރުފިޔާއަށް، އަލުވި ކިލޯއެއް އަށް ރުފިޔާ 11 ލާރިއަށް އަދި ބިހެއް އެއް ރުފިޔާ 50 ލާރިއަށް ވިއްކާނެ ކަމަށް އެކުންފުނިން މިއަދު ވަނީ ބުނެފައެވެ.

ފިޔާ، އަލުވި އަދި ބިސް އަގު ހެޔޮ ކުރުމާ ގުޅިގެން ސުޕަމާޓް ހޯލްސޭލް ސެންޓަރުން ފިޔާ ބަސްތާއެއް ވިއްކާނީ 140 ރުފިޔާއަށެވެ. އަލުވި ބަސްތާއެއް ވިއްކާނީ 180 ރުފިޔާއަށް އަދި ބިސް ކޭހެއް ވިއްކާނީ 270 ރުފިޔާ ކަމަށް އެސްޓީއޯއިން ބުނެއެވެ. މީގެއިތުރުން، އެސްޓީއޯ ސުޕަމާޓް ހޯލްސޭލް ސެންޓަރުން ގަނޑުކޮށް 25 ބަސްތާ އެއްފަހަރާ ނަގާ ފަރާތްތަކަށް ފިޔާ ބަސްތާއެއް 130 ރުފިޔާއަށް އަދި އަލުވި ބަސްތާއެއް 170 ރުފިޔާއަށް ވިއްކާ އިރު 25 ބިސް ކޭސް ނަގާ ފަރާތަތަކަށް ބިސް ކޭހެއް ވިއްކާނީ 260 ރުފިޔާއަށް ކަމަށްވެސް އެކުންފުނިން ބުނެއެވެ.

އެސްޓީއޯއިން އިތުރަށް ބުނީ މާލޭގެ އިންޑަސްޓްރިއަލް ވިލެޖްގައި މި ބާވަތްތައް އާންމުންނަށް ފަސޭހައިން ލިބޭނެ ގޮތަށް މިފަހަރު ވެސް އިންތިޒާމުކޮށްފައިވާ ކަމަށާއި މިއަދުން ފެށިގެން އިންޑަސްޓްރިއަލް ވިލެޖުން ހެނދުނު 8:30 އިން ހަވީރު 5:00 އަށް ފިޔާ އާއި އަލުއްވާއި ބިސް ލިބޭނެ ކަމަށެވެ.

ރޯދަމަހަށް ޚާއްޞަކޮށްގެން ފިޔާ އަލުވި ބިސް އަގުހެޔޮކޮށްފައި އެސްޓީއޯއިން ވާއިރު މިމަހުގެ އެކަކުން ފެށިގެން މާލެއާއި އެއް އަގެއްގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ކާޑު ގަންނަން ލިބޭނެގޮތްވެސް އެ ކުންފުނިން ވަނީ ހަމަޖައްސާފައެވެ.

ޓެގު