English Edition
Dhivehi Edition

އައްޑޫސިޓީ ހަންކެޑެ ބްރިޖު ސަރަހައްދުން ސައިކަލަކާއި ކާރެއް ޖެހިގެން ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ، އިތުރު ފަރުވާއަށް މިއަދު މާލެ ފޮނުވާލާނެ ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރުއެޗް) އިން ބުނެފިއެވެ.

އަންހެން މީހާގެ ހާލު މާ ބޮޑަށް ސީރިއަސް ނޫން ނަމަވެސް އޭނާ މާލެ ފޮނުވަނީ އެޗްއާރު އެޗްގައި ކަށީގެ ޑޮކްޓަރަކު ނެތުމުގެ ސަބަބުން އިތުރަށް ފަރުވާ ދެވެން ނެތުމުންނެވެ. މައުލޫމާތު ލިބޭ ގޮތުގައި އައްޑޫގައި ކަށީގެ ޑޮކްޓަރަކު ނެތްތާ މިހާރު މިވަނީ 6 މަސް ދުވަހެވެ.

އިއްޔެ ހަވީރު 4:00 އެހައިކަންހާއިރު ހަންކެނޑެ ބްރިޖު ކައިރިން މަގުގެ އެއްފަޅިން އަނެއް ފަޅިއަށް ސައިކަލެއް ހުރަސްކޮށްލިވަގުތު ގަމުން ހިތަދުއަށް ދިޔަ ކާރެއްގައި ޖެހިގެން ހިނގި މި އެކްސިޑެންޓްގައި އަނިޔާވީ ސައިކަލް ދުއްވަން އިން މަރަދޫ ރެޖީނާގޭ އުމުރުން 36 އަހަރުގެ އައިޝަތު ފަޒްލީއަށެވެ.

މި އެކްސިޑެންޓްގައި ސައިކަލްގައި ޖެހުމުން ކޮންޓްރޯލްނުވެ ކާރު ދިޔައީ އެ ސަރަހައްދުގެ ވަލުތެރެއަށް ކަމަށް ފުލުހުންގެ އޮފިޝަލް ވިދާޅުވިއެވެ. ސައިކަލްގައި އިން އަންހެން މީހާއަށް އަނިޔާ ލިބުނަސް، ކާރުގައި އިން މީހާއަށް އެއްވެސް އަނިޔާއެއް ނުލިބޭ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.