English Edition
Dhivehi Edition
އިސްމާއިލް ރަޝީދު ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ -- ފޮޓޯ: ދިރާގު

ރާއްޖޭގެ އެންމެ ގިނަދުވަސްވީ ކުންފުނި، ދިރާގުގެ ހިދުމަތުގެ ތެރެއިން ދިރާގުގެ ފައިބަރ ބްރޯޑް ބޭންޑްގެ ޚިދުމަތް ރާއްޖޭގެ %75 ގޭ ބިސީއަށް ފޯރުކޮށް ދެވިފައިވާތީ އެ ކާމިޔާބީ ފާހަގަކޮށްފިއެވެ.

މި ކާމިޔާބީ ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ ދިރާގު ފެށިގެން އައިއިރު ރާއްޖޭގެ މުވާސަލާތީ ދާއިރާ އޮތީ ވަރަށް ހީނަރުކޮށް ކަމަށެވެ. ނަމަވެސް ދިރާގު އުފެދުނުތާ 10 ވަރަކަށް އަހަރު ނުވަނީސް އެކުންފުނިން ވަނީ ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް ނެޓްވޯކެއް ގާއިމްކޮށް ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށަކަށް ފޯނުގެ ހިދުމަތް ދީފައި ކަމަށް އިސްމާއިލް ވިދާޅުވިއެވެ.

ދިރާގު ނެޓްވޯކު ފުޅާކުރުމުގެ ސަބަބުން ރާއްޖެއަށް ބޮޑެތި ތަރައްގީތަކެއް އައި ކަމަށާއި އެގޮތުން ޓޫރިޒަމް އިންޑަސްޓްރީ ފުޅާވެގެން ދިޔުމުގައި ދިރާގެ ހިއްސާ އިސްމާއީލް ފާހަގަ ކުރެއްވިއެވެ.

ދިރާގުން ބުނީ ހައި ސްޕީޑް ބްރޯޑްބޭންޑު އިންޓަނެޓްގެހިދުމަތް ދިނުމަށް އެޅި ފުރަތަމަ ފިޔަވަޅަކީ ސަބްމެރިން ކޭބަލް އެޅުން ކަމަށާއި ހއ އިން ފެށިގެން އައްޑުއާ ހަމައަށް ސަބްމެރިން ކޭބަލް ވިއުގަ ދަމާލެވިފައިވާ ކަމަށެވެ. އެގޮތުން 1255 ކިލޯ މީޓަރުގެ ސަބްމެރިން ކޭބަލެއް ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް އެޅުމާއި ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް ބްރޯޑުބޭންޑުގެ ހިދުމަތް ފޯރުކޮށްދިނުމަކީވެސް ދިރާގުން ހާސިލްކުރި މުހިއްމު ލަނޑުދަނޑިއެއް ކަމަށެވެ. އަދި އެ ލަނޑުދަނޑި ހާސިލްވީ ބޮޑެތި ގޮންޖެހުންތަކާއެކު ކަމަށްވެސް ސީއީއޯ އިސްމާއީލް ވިދާޅުވިއެވެ.

އިސްމާއީލް ވިދާޅުވީ ސަރުކާރުގެ އެދި ވަޑައިގަތުމާއި އެކު ރައްޔިތުންނަށް ހެޔޮ އަގެއްގައި އިންޓަރނެޓްގެ އަގު ހަމަޖައްސަވައިދެއްވާނެ ކަމަށެވެ.

ދިރާގުގެ ޚިދުމަތްތައް ބައްޓަން ކުރަމުންދަނީ ވަރަށް ވެސް މުހިއްމު އަމާޒެއް އޮވެގެން ކަމަށާއި، އިޖްތިމާޢީ އިޤްތިޞާދީ ޙަރަކާތްތައް ފުޅާ ވެގެންދާނެ ގޮތްތައް ވިސްނާ ދިރާގުގެ މަސައްކަތް ތައް ރާވައި ލައިގެން ކަމަށްވެސް ދިރާގުން ހާމަކުރެއެވެ

ރޭގެ މި ރަސްމިއްޔާތަށް ރާއްޖޭ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިޙާއި، މިނިސްްޓަރ އޮފް ސައިސް އެންޑް ޓެކްނޮލޮޖީގެ މުޙައްމަދު މަލީހް ޖަމާލް، ،ދިރާގެ ސީއީ އޯ،އެމްޑީ، ބޯޑުގެ ޗެއަރ ޕާރސަން އަދި ވެސް އެހެނިހެން އޮފީސްތަކާއި ދިރާގުގެ މުވައްޒަފުން ބައިވެރިވި އެވެ،

 

ޓެގު