English Edition
Dhivehi Edition

ރޭ ފޭދޫ ބޯޅަ ދަނޑުގައި މެޖެންޓާ އާއި ފަޓާސް ކުޅުނު މެޗް، ފަހަތުން އަރާ މެޖެންޓާއިން މެޗުގެ ނަތީޖާ އެއްވަރު ކޮށް ޕަޓާސްއިން މޮޅުވުމަށް ކުރަމުން ދިޔަ މަސައްކަތް ހުއްޓުވައިފިއެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗު ނިމިގެން ދިޔައީ 2 ލަނޑު 2 ލަނޑުން ނަތީޖާ އިން ހަމަހަމަވެ ދެ ޓީމުން ކުރެ ޓީމަކަށް ނަތީޖާ ބަދަލުކޮށްލާނެ ފުރުސަތެއް ނުލިބިއެވެ.ފަޓާސްއިން މެޗްގެ ފުރަތަމަ ހާފްގެ 15 ވަނަ މިނެޓާއި 18 ވަނަ މިނެޓްގައި ގޯލް ޖަހާފައިވާއިރު، މެޖެންޓާ އަކަށް އެއްވެސް ގޯލެއް ޖެހިފައެއް ނުވެއެވެ.
ދެވަނަ ހާފްގައި މެޖެންޓާއިން ތަފާތު ކުޅުމެއް ދެއްކުމަށް ފަހު ވަނީ 02 ގޯލްޖަހާ މެޗް ގެ ނަތީޖާ އެއްވަރު ކޮށްފައެވެ.
މިމެޗްގައި ގޯލް ޖަހާފައިވަނީ ޕަޓާސްގެ މުޙައްމަދު ނިޒާރު (ޖ10)، މެޖެންޓާގެ އިބްރާހިމް އާސިފާއި(ޖ23) ހުސައިން ޝަހުމަން (ޖ7) އެވެ.
މޭން އޮފް ދަ މެޗަށް ހޮވުނީ ޕަޓާސް ޓީމްގެ މުޙައްމަދު ނިޒާރު (ޖ10) އެވެ.
ރާއްޖޭގެ ނަން މަޝްހޫރު ފޭދޫގެ ކުޅުންތެރިން މި ދެ ޓީމުގައި ވެސް ކުޅުނެވެ.
ޗެމްޕިއަންޓީމަށް 20000 ރުފިޔާ އާއި ރަނައަޕްޓީމަށް 8000 ރުފިޔާއާއި އެކު ވާދައިގެ ތައްޓެއް ދިނުމަށް ހަމަ ޖެހިފައިވާ މިމުބާރާތުގެ މެއިން ސްޕޮންސަރަކީ ހައިޑްރޯ މޯލްޑިވްސް އެވެ.