English Edition
Dhivehi Edition

އައްޑޫ ސިޓީގެ ލިންކު ރޯޑުން ގައުކެނޑި ބްރިޖު ސަރަހައްދުން ދުއްވާފައި ދިޔަ ކާރެއް ސައިކަލެއްގައި ޖެހި އެކްސިޑެންޓް ވެއްޖެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ބްރިޖް މަތިން ސައިކަލުގައި އަންހެން މީހާ ޔޫޓާނެއް ނަގަން އުޅުމުގެ ތެރޭގައެވެ. މި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން އަންހެންމީހާއަށް ވަނީ ސީރިއަސް އަނިޔާ ލިބިފައި ކަމަށް މައުލޫމާތު ލިބެއެވެ.

އަނިޔާވި އަންހެން މީހާއަށް މިހާރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

(ތަފްސީލް އަންނަނީ)