English Edition
Dhivehi Edition

ލަވަ ކިއުމާއި މަދަޙަ ކިއުމަށް ޝައުޤުވެރިކަން ހުންނަ ކުދިންނަ ހާއްސަކޮށްގެން އައްޑޫސިޓީގެ ހިތަދޫގައި ލަވަ އާއި މަދަހަ ދަސްކޮށްދޭ ކުލާހެއް ހުޅުވައިފިއެވެ.

މި ކުލާސް އިންތިޒާމްކޮށްގެން ކުރިޔަށް ގެންދާ ހަސަން ސިނާން (އައްޑޫ ސިނާ) ވިދާޅުވި ގޮތުގައި މި ކުލާހުގެ މަގުސަދަކީ މިއުޒިކުގެ ދާއިރާއިން ކުރިޔަށް ދާން ބޭނުންވާ ކުދިންނަށް ޓްރެއިނިންގް ކޮށް އަދި ސްކޫލުގެ މަދަހަ މުބާރާތަށް ކުދިން ތައްޔާރުކުރުމެވެ. ސިނާން އިތުރަށް ވިދާޅުވީ މި ކުލާސް އޮންނާނީ ތިން ގަޑީ ގައި ކަމަށެވެ. އެއީ 15:30-13:30 އާއި 18:00-16:00 އަދި 22:00-20:30 މި ގަޑިތަކުގައެވެ. މިކުލާހުގައި ބައިވެރިންނަށް ކޮންމެ މަހަކު މަހު ފީއެއްގެ ގޮތުގައި -/500 ރުފިޔާ ނެގޭނެ ކަމަށެވެ.

މިކުލާހުގައި ބައިވެރިވުމަށާއި އިތުރު މައުލޫމާތު ހޯދުމަށް 7203340 ނުވަތަ 7578840 ގުޅުމަށް އޭނާ ވިދާޅުވިއެވެ.

ހަސަން ސިނާން އަކީ މިހާރުވެސް ތަފާތު އެކި މުނާސަބަތްތަކުގައި މިޔުޒިކް ކުޅެމުން އަންނަ މަޝްހޫރު މިޔުޒިކް ފަންނާނެކެވެ.